415981167_329593526571346_386444984696849821_n-removebg-preview
މެންބަރުން
415981167_329593526571346_386444984696849821_n-removebg-preview
ޖަލްސާތައް
415981167_329593526571346_386444984696849821_n-removebg-preview
ރިޕޯޓްތައް
އަންހުނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތާއި ބާރުތައް

(ހ) ރަށް ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ހިދުމަތްތަކާއި ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާދިނުން.

(ށ) ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުން

(ނ) ކޮމިޓީގެ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުން

(ރ) އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުން

(ބ) އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން

(ޅ) އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން

(ކ) ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން

(އ) މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން

(ވ) އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން

(ފ) ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން

ކޮމިޓީގެ ހަރަކާތްތައް