ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަވީރެއް ބާއްވައިފި

މި އަހަރުގެ ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަވީރެއް ބާއްވައިފިއެވެ.  މި ހަވީރު އިންތިޒާމުކޮށްފައިވަނީ ދަރަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުވައްސަސާތަކާއި ކުޅިވަރު ކުލަބުތަކާއި އަދި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެންނެވެ.

ރަސްގެ އޮޑި އަތިރި މަތީގައި ބޭއްވުނު މި ހަވީރުގައި ތަފާތު ކުޅިވަރުތައް ކުޅޭނެ ސްޓޯލްތަކުގެ އިތުރުން ފަލަސްޠީނަށް އެހީވުމުގެ ގޮތުން ފަންޑު ފޮއްޓެއް ބެހެއްޓިފައިވެއެވެ.

މި ހަވީރަށް ގިނަ އަދަދެއްގެ ކުޑަ ކުދިން ޒިޔާރަތްކޮށް ދުވަހުގެ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ.