މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް 2024 އެޕްރީލް 16 ވަނަ ދުވަހު ބާއްވައިފިއެވެ.
މި އެސެމްބްލީގައި ކައުންސިލްގެ ނައިބު އަދި ކައުންސިލްގެ ރައީސް ދިވެހި ބަހުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.
ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ޚާއްޞަ ހުށަހެޅުމަކާއި އިޝާރާތް މުބާރާތެއް ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދެވުނެވެ.