އތމ ކޮމިޓީގެ އަލަށް އިންތިޚާބުކުރެވުނު މެންބަރު އިޤުރާރުގައި ސޮއިކުރުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަލަށް އިންތިޚާބުކުރެވުނު މެންބަރު މެންބަރުކަމުގެ އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު 2024 ޖަނަވަރީ 2 ވަނަ ދުވަހު ބޭއްވުނެވެ.  މި ދައުރަށް އިންތިޚާބުކުރެވުނު ކޮމިޓީގައި ހިމެނޭ ކޮމިޓީގެ ރައީސް މަރްޔަމް ޝަޢުފާ އިސްތިޢުފާ ދިނުމާގުޅިގެން ހުސްވި މެންބަރު ގޮޑިއަށް އިންތިޚާބުވެފައިވަނީ ބ. ދަރަވަންދޫ، މާރސް، ޘަރާ މުޙައްމަދު ނަޞީމެވެ.  ޘަރާ މުޙައްމަދު ނަޞީމަށް ކައުންސިލްގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.