ޕޮލިސީ 1: ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމް ގާއިމުކުރުން
ޕޮލިސީ 2: ނަރުދަމާގެ އަސާސީ ފަސޭހަތައް ރައްޔިތުންނަށް ހޯދައިދިނުން
ޕޮލިސީ 3: ދެމެހެއްޓެނެވި އަދި އިތުބާރުހިފޭ ގޮތެއްގައި ކަރަންޓާއި ހަކަތަ ރައްޔިތުންނަށް ފޯރުކޮށްދިނުން
ޕޮލިސީ 4: އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލާނެ ނިޒާމެއް ޤާއިމްކުރުން
ޕޮލިސީ 5: މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން
ޕޮލިސީ 6: ބަނދަރާއި، ފާލާމާއި ފެރީ ޓާރމިނަލް ފަދަ ތަންތަން ހަދައި ބެލެހެއްޓުން
ޕޮލިސީ 7: ޤަބުރުސްތާނު ބެލެހެއްޓުން
ޕޮލިސީ 8: މިސްކިތްތައް ބެލެހެއްޓުން
ޕޮލިސީ 9: ރަށުތެރެއާއި ރަށުގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުން
ޕޮލިސީ 10: މަގު ހެދުމާއި މަގުދިއްލާ ބެލެހެއްޓުން
ޕޮލިސީ 11: އިޖްތިމާޢީ މަރުކަޒުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ ތަންތަން ޤާއިމުކޮށް ބެލެހެއްޓުން
ޕޮލިސީ 12: ކުޅިވަރު ކުޅޭ ޢާންމު ދަނޑުތަކާއި ބިންތަކާއި ޕާކުތައް ބެލެހެއްޓުން
ޕޮލިސީ 13: މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން
ޕޮލިސީ 14: ރަށުގެ ލައިބްރަރީ ހިންގުން
ޕޮލިސީ 15: ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވާ، އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުން
ޕޮލިސީ 16: ކުޑަ ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެ މީހުން ބަލަހައްޓާނެ ނިޒާމް ޤާއިމްކުރުން
ޕޮލިސީ 17: ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކުރުން
ޕޮލިސީ 18: އިޖްތިމާޢީ ރޫޙު އާލާކުރުން
ޕޮލިސީ 19: އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން
ޕޮލިސީ 20: ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ގެސްޓް ހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން
ޕޮލިސީ 21: ގޭންގު ހަރަކާތްތަކާއި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ހަރަކާތްތައް ހުއްޓުވުން
ޕޮލިސީ 22: ރަށުގެ އަމަން އަމާންކަން ނެގެހެއްޓުން
ޕޮލިސީ 23: ބޮޑެތި މީހުންގެ ތަޢުލީމް އަދި ފަންނީ ފެންވަރު މަތިކުރުން
ޕޮލިސީ 24: ފެންވަރު ރަނގަޅު ޕްރީސްކޫލުގެ ޚިދުމަތް ފޯރުކޮށްދިނުން
ޕޮލިސީ 25: ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން
ޕޮލިސީ 26: ގައިޑް، ސްކައުޓް، ބޭންޑް ފަދަ ޔުނިފޯމް ބޮޑީސް މެދުވެރިކޮށް ދަރިވަރުންގެ މެދުގައި އަޚްލާޤާއި، ސުލޫކާއި، ލީޑަރޝިޕް ދަސްކޮށްދިނުން
ޕޮލިސީ 27: ދިރިއުޅުމުގެ ހުނަރާއި، ސިވިކް އެޑިއުކޭޝަން އުނގަންނާއިދިނުން
ޕޮލިސީ 28: އަސާސީ ޞިއްޙީ ފަރުވާ (ޕްރައިމަރީ ހެލްތްކެއަރ) އާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުން
ޕޮލިސީ 29: ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދިމާވާ އެކިއެކި ސިއްޙީ ހާލަތްތަކުން ރައްޔިތުން ރައްކާތެރިކުރުވާ، ދުޅަހެޔޮ، ހަށިހެޔޮ، އާބާދީ އެއް އުފެއްދުން
ޕޮލިސީ 30: ދުންފަތާއި އެނަރޖީ ޑްރިންކް އަދި ތައްޔާރީ ކާނާ ބޭނުން ކުރާ މީހުންގެ ނިސްބަތް މަދުކުރުން
ޕޮލިސީ 31: ޑެންގީ އާއި ޗިކަން ގުންޔާއާއި އަދި އެހެނިހެން ބޮޑެތި ބަލިތައް ފެތުރުން މަދުކުރުން
ޕޮލިސީ 32: މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުން
ޕޮލިސީ 33: ދެޖިންސުގެ މެދުގައި ކުޅިވަރު ކުޅުމުގެ ރޫހު އަށަގަނުވާ، އެކި މުބާރާތްތައް ރާވާ ހިންގުން
ޕޮލިސީ 34: މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުން
ޕޮލިސީ 35: ދަނޑުވެރިކަމުގެ ދާއިރާކުރިއެރުވުން
ޕޮލިސީ 36: ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުން
ޕޮލިސީ 37: ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން
ޕޮލިސީ 38: ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން
ޕޮލިސީ 39: ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން
ޕޮލިސީ 40: ތާރީޚީ ތަންތަނާއި، ޤުދުރަތީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން
ޕޮލިސީ 41: ދިވެހިބަސް ދިރުވައި އާލާކުރުން
ޕޮލިސީ 42: ރަށް ގިރުން ހުއްޓުވުން
ޕޮލިސީ 43: މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުން
ޕޮލިސީ 44: ކާރިސާތަކަށް ތައްޔާރުވުން
ޕޮލިސީ 45: ރަށުގެ ހޭޅިފަށާއި، ރުއްގަސް ރައްކާތެރިކުރުން
ޕޮލިސީ 46: ރަށުގެ ވަށައިގެންވާ މުރަކަތަކާއި ކަނޑުގެ ދިރުން ރައްކާތެރިކޮށް ދެމެހެއްޓުން
ޕޮލިސީ 47: ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުން
ޕޮލިސީ 48: ޕެސްޓް ކޮންޓްރޯލްކުރުން
ޕޮލިސީ 49: އަންހެނުންނާއި މެދު ކުރާ އެކި ތަފާތުކުރުންތައް ނައްތާލުން
ޕޮލިސީ 50: ސިޔާސީ ގޮތުންނާއި އިޤްތިޞާދިގޮތުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ހޯދާދިނުން
ޕޮލިސީ 51: ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުން
ޕޮލިސީ 52: އަލަށް އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯޑު ބެލެހެއްޓުން
ޕޮލިސީ 53: ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުން