އެމަޖެންސީ ފަސްޓް އެއިޑް ކޯހެއް ފެށިގެން ކުރިއަށްދަނީ

މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ސްކޫލާއި ދަރަވަންދޫ ކައުންސިލް ގުޅިގެން 20 ގަޑިއިރުގެ ފަސްޑް އެއިޑް ކޯހެއް ދަރަވަންދޫގައި ހިންގައިފިއެވެ. މި ކޯހުގައި ކިޔަވައިދެއްވީ ސްވިމިންގ ސްކޫލްގެ ހެޑް އޮފް ސްކޫލް މުޙައްމަދު ޝިޒްލީންއެވެ. މި ކޯހުގައި ދަރަވަންދޫގެ އެކިއެކި މުވައްސަސާތަކަކުން މުވައްޒަފުން ބައިވެރިވިއެވެ. މި ކޯސް ހިންގިފައިވަނީ 2024 ފެބުރުވަރީ 19 އިން ފެށިގެންނެވެ.