ހާސިލްކުރަން ބޭނުންވާ މައިގަނޑު މަޤްޞަދު
ދަރަވަންދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ މަތިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވިފައިވާ ސާފު ރަށަކަށް ހެދުމާއެކު ކުނިން މަންފާ ހޯދުން
- ރަށުގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ޤަވާއިދުތަކަކާއި އުޞޫލުތަކެއް އެކުލަވާލައި ތަންފީޒުކުރުން
- ރަށް ސާފުކޮށް ބޭއްވުމުން އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުންނާއި ޞިއްޙީގޮތުން ހުރި ފައިދާތަކަށް ރައްޔިތުން ހޭލުންތެރިކުރުވުން.
- ރަށުގައި އުފެދޭ ކުނީގެ މިންވަރު މަދުކުރުމާއި ތަކެތި އަލުން ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް ބާރުއެޅޭނެ ފަދަ ނިޒާމެއް ގާއިމުކުރުން
- ދަރަވަންދޫ އީކޯ ސެންޓްރޯ ހަރުދަނާކަމާއެކު ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުން
- އީކޯ ސެންޓްރޯގައި ބޭނުންކުރުމަށް ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް ހޯދުމާއި އިކްވިޕްމަންޓް ބޭނުންކުރުމަށް އެކަށީގެންވާ އިންތިޒާމެއް ޤާއިމުކޮށް މީހުން ތަމްރީނުކުރުން.
- ގޭގެއިންނާއި އެހެނިހެންވެސް ތަންތަނުގައި އުފެދޭ ކުނި، ވަކި އިންތިޒާމަކުން ބައިބަޔަށް ބައިކޮށްގެން އީކޯ ސެންޓްރޯއަށް ގެންދިއުމުގެ ނިޒާމު (ކަލެކްޝަން ސިސްޓަމެއް) ހިންގުން
- އީކޯ ސެންޓްރޯގައި ރައްކާތެރި އަދި ތިމާވެއްޓާއި ރަޙުމަތްތެރި އުޞޫލެއްގެ ދަށުން ތަފާތު ކުނީގެ ބާވަތްތައް މެނޭޖްކުރުން
- މަހުފީއެއް ނެގިގެން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެމެހެއްޓެނިވި އުޞޫލަކުން ފޯރުކޮށްދިނުން
- ފަޅުތެރެއާއި އާއްމު އިޖްތިމާޢީ ސަރަހައްދުތައް ސާފްތާހިރުކޮށް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުން
- ޚާއްޞަ / ނުރައްކާތެރި ކުނީގެ ބާވަތްތައް ރައްކާތެރިކަމާއެކު ނައްތާލެވޭނެ އުސޫލެއް ގާއިމްކޮށް ތަންފީޒުކުރުން
- ކުންޏަކީ ނަފާ ހޯދޭނެ އެއްޗެއް ގޮތުގައި ބަލައިގެން އީކޯ ސެންޓްރޯގައި ވަކި ކުރެވޭ ކުނީގެ ބާވަތްތަކުން ނަފާ ހޯދޭނެ ނިޒާމެއް ނުވަތަ ވިޔަފާރިތައް ފެއްޓުން
ކުނި އުކައިދިނުމުގެ ތާވަލް
ހޮނިހިރު | ހޯމަ | ބުދަ
-
ބަދިގެ ބާކީ
-
ނެޕީ
-
ފަތްކުނި
އާދީއްތަ | އަންގާރަ | ބުރާސްފަތި
-
ބަދިގެ ބާކީ
-
ނެޕީ
-
ބިއްލޫރި / ކަރުދާސް
-
ދަގަނޑު / ދަޅު
-
ޕްލާސްޓިކް
-
ތުނި ޕްލާސްޓިކް
ހުކުރު
-
ބަކިގެ ބާކީ
-
ނެޕީ
ގޭބިސީތަކުން | -/150ރ |
ފަޅު ގޯތިތަކުން | -/50ރ |
ސަފާރީ/ޔޮޓްތަކުން (ޕިކަޕަކަށް) | 50 ޔޫއެސް ޑޮލަރު |
ޕިކަޕް ސަރވިސް | -/50ރ |
ގާޑިޔާ/ރަށު ޕިކަޕް | -/25ރ |
ފިހާރަތަކުން | -/200ރ |
ކެފޭ ރެސްޓޯރަންޓް | -/350ރ |
ވަޑާންގެ | -/250ރ |
ސެލޫން | -/100ރ |
ފަހާތަން | -/100ރ |
ޑައިވިންގ ސްކޫލް/ވޯޓަރ ސްޕޯރޓްސް | -/300ރ |
ގެސްޓްހައުސް (ކޮންމެ ކޮޓަރިއަކަށް) | -/100ރ |
ކްލިނިކް/ފާމަސީ | -/200ރ |