ވިޝަން


މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ ދިރިއުޅެން އުފާވެރި، ތަރައްޤީއާއި ތަހުޒީބުގެ ރޮގުން އަރާހުރި، އިސްލާމީ މުޖުތަމަޢަކަށް ވުމެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އެންމެހައި ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމާއި ހުރިހާ ގިންތިއަކާއި ފަންތިއަކަށް ހަމަހަމަ ކަމާއެކު ރަށްވެހިކަމުގެ ޚިދުމަތްތައް ލިއްބައިދިނުމާއި ދީނާއި ޘަޤާފަތް ދިރުވައި ޑިކޮމްރެޓިކް ވެއްޓެއްގައި ޤައުމިއްޔަތު ދިރުވުން

މިޝަން


މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަކީ ރަށުގެ ތަރައްޤީއަށް ފުރުޞަތުތައް ގިނަ ރަށަކަށް ހެދުމާއި، ދިމިޤްރާޠީ އުޞޫލުތަކާއި ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ ކުށް މަދު މުޖުތަމަޢެއް ބިނާކުރުމާއެކު މާލީ ތަނަވަސްކަމާއިއެކު އުނގެނުމާއި ބޭސްފަރުވާއަށް ފަސޭހަކަމާއެކު ވާޞިލުވުމުގެ މަގު އެންމެންނަށް ލުއިފަސޭހަކޮށް ދިނުމާއި، ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރު ކުރުމުގެ މަގު ފަހިކުރުމާއި، ދުވަސްވީ މީހުންނަށް އޯގާތެރި އަޅާލާ ވެއްޓެއް ހޯދައި ދިނުމާއެކު ރަށުގެ ތަރައްޤީގައި ރައްޔިތުންނާއި ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ރައްޔިތުންގެ ކިބާގައި ޔަޤީންކަމާއި އިތުބާރު އުފެއްދުން. ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީއާއެކެ ނަތީޖާ ހާޞިލު ކުރުމެވެ.