ދަރަވަންދޫ ޗާޓް

ބ. ދަރަވަންދޫ

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ މިހާރު އާބާދީގައި 1216 މީހުން ދިރިއުޅޭ މި އަތޮޅުގެ އިރުމަތީ ބިތުގައިވާ ރަށެކެވެ. ރަށުގެ އާބާދީއާއި އެއްވަރަށް ރަށަށް އަރާފައިބާ މީހުންގެ ޢަދަދު ގިނަ ރަށެކެވެ. ރަށުގެ ދިގުމިނުގައި ގާތްގަޑަކަށް 1330 މީޓަރު ހުރިއިރު ފުޅާމިނުގައި ގާތްގަޑަކަށް 480 މީޓަރު ހުރެއެވެ. ބޮޑުމިނުގައި ގާތްގަޑަކަށް 57 ހެކްޓަރު ހުންނާނެކަމަށް ލަފާކުރެވެއެވެ. ރަށަކީ ބ އަތޮޅަށް ބަލާއިރު ބިމުގެ ނިސްބަތުން ހަތަރު ވަނައަށް އެންމެ ބިން ބޮޑު ރަށެވެ.  ދަރަވަންދޫއާއި ވެރިކަން ކުރާ ރަށް، އޭދަފުއްޓާއި ހުރި ދުރުމިނަކީ ގާތްގަޑަކަށް 6 މޭލެވެ. ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ ގާތްގަޑަކަށް 117.74 ކިލޯމީޓަރެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޚިދުމަތް ފެށުމުން މިސަރަޙައްދުގެ ދަތުރުފަތުރުގެ ނާރެހެއްގެ ގޮތުގައި މިރަށް ބެލެވޭއިރު، މިއަތޮޅުގައިވާ ޤާއިމުކުރެވިފައިވާ 18 ރިސޯޓަށް ފަތުރުވެރިން ގެންދިއުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރެވެނީ ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓެވެ.


ބ އަތޮޅު ބައޯސްފިއަރ ރިޒާވް

މިރަށަށް ހިމެނޭ ސަރަޙައްދުގައި ހިމެނޭ ”ހަނިފަރު ބޭ“، ”ދަރަވަންދޫ ކަންމަތި“ އަދި  ”ދަރަވަންދޫ ތިލަ“ ފާހަގަކުރެވެނީ ގުދުރަތީ ގޮތުން ޚާއްޞަ ތަންތަން ގޮތުގައެވެ.


ދަރަވަންދޫގެ ތަޢުލީމީ ނިޒާމް


ދަރަވަންދޫގެ ސިއްޙީ ނިޒާމް