ދަރަވަންދޫ:

ޖިއޮގްރަފީގޮތުން ދަރަވަންދޫ އޮންނަ ސަރަޙައްދާއި، އަދި ދަރަވަންދޫގެ ވިޝަން، މިޝަން، ތަރައްޤީގައި ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، އިޤްތިޞާދީގޮތުންނާއި، ވިޔަފާރީގައި ބާރުވެރިވެފައިވާ މިންވަރާއި، ލިބެންހުރި ވަޞީލަތްތަކާއި އަދި ފުރުޞަތުތައް ހިމެނިފައި ވާނެއެވެ.

މިބައިގެ މަޤްޞަދަކީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، ރަށުގެ އިޤްތިޞާދަށާއި، އިޖްތިމާޢީ، ސިއްޙީ އަދި ތަޢުލީމް ތަރައްޤިކުރުމަށް ލިބިދާނެ ފުރުޞަތުތައް ހޯދުމަށް މަގުފަހި ކުރުމެވެ.


އިންތިޚާބް ކުރެވޭ ކައުންސިލް:

ދަރަވަންދޫ ކައުންސިލްގެ އިންތިޚާބްތަކުން ކާމިޔާބު ހޯއްދަވާ، ކައުންސިލްގެ މަޤާމް ފުރައްވާ ފަރާތްތަކުގެ ދަޢުރާއި މަޤާމާއި، އެބޭފުޅުންގެ ފޮޓޯއާއި، ކައުންސިލްގައި ހުންނަވާ ދައުރުގެ ތެރޭގައި އަދާކޮށްދެއްވާފައިވާ މަޞްޢޫލިއްޔަތާއި އަދި އެފަރާތްތަކާއި ގުޅޭ ނަންބަރުތަކާއި، ދައުރުގައި ބާއްވާ އާންމު ބައްދަލުވުންތަކާއި، އެބައްދަލުވުންތަކުގެ ނިންމުންތަކާއި، ޤަރާރާއި، އަދި ރިޕޯޓްތައް ހިމަނާފައި ވާނެއެވެ.

ކައުންސިލްގެ ޤާނުންބަޔާންކުރާ، އަންހެނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، މަޤާމާއި މަސްޢޫލިއްޔަތާއި، ބައްދަލުވުންތަކާއި، ނިންމުންތަކާއި އަދި ޤަރާރާއި ރިޕޯޓްތައް މިބައިގައި ހިމަނާފައި ވާނެއެވެ.

މިބައިގެ މަޤްޞަދަކީ، ކައުންސިލްތަކުގެ އެކިދަޢުރުގައި މަސައްކަތް ހިނގާފައިވާ ގޮތާއި، އެންމެހާ ބޭނުންތެރި މަޢުލޫމާތުތަކާއި، ޤާނުން ބަޔާންކުރާ އާއްމުކުރަންޖެހޭ އެންމެހާލިޔުންތައް އެންގުމާއި، ހާމަކުރުމެވެ.


ކައުންސިލްގެ އިދާރާ:

އިދާރާގެ މުވައްޒަފުންނާއި، އެމުވައްޒަފުންގެ މަޤާމާއި މަސައްކަތްތަކާއި، މުވައްޒަފުންގެ މަޞްޢޫލިއްޔަތާއި، މުވައްޒަފުންގެ ޚައިރާކީއާއި، އިދާރާ ހިންގުމުގެ އުޞޫލާއި ޤަވާޢިދުތަށް ހިމަނާފައިވާނެއެވެ. ސިވިލްސާވިސް ޤަވާޢިދުގެ ދަށުން އެކުލަވާލަންޖެހޭ އެޗް.އާރ.އެމް.ޑީ ކޮމެޓީގެ މެމްބަރުންގެ މަޢުލޫމާތާއި، ކޮމެޓީގެ މަޞްޢޫލިއްޔަތާއި، އަދި ރިޕޯޓްތަށް ހުންނަންވާނެއެވެ. ކައުންސިލް އިދާރާގެ ސަބް ކޮމެޓީތަކާއި، ދާއިމީ ކޮމެޓީތަކުގައި ތިއްބަވާ މެމްބަރުންނާއި، މަޤާމާއި، ކޮމެޓީތަކުގެ މަޞްޢޫލިއްޔަތާއި، ކުރެވޭމަސައްކަތުގެ ރިޕޯޓްތައް މިބައިގައި ހިމަނާފައިވާނެއެވެ.

މިބައިގެ މަޤްޞަދަކީ، ކައުންސިލް އިދާރާއަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ވާހިނދު، އިދާރާގެ ހުރިހާ އިންތިޒާމްތަކާއި، މަޞްޢޫލިއްޔަތުތައް ހާމަކުރެވިފައި ހުރުމުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަގުފަހިކޮށްދީ އަވަސް ޚިދުމަތް ދިނުމަށް ފުރުޞަތު ފަހިކުރުމެވެ.


ކައުންސިލްގެ އިދާރާއިން ދެމުންދާ ޚިދުމަތް:

ކައުންސިލް އިދާރާއިން ޚިދުމަތް ދެވޭ ޖެނެރަލް އެޑްމިނިސްޓްރޭޝަނާއި، މުނިސިޕަލް ސާރވިސަސްއާއި، އިކޮނޮމިކްސް ޑިވެލޮޕްމެންޓާއި، ޕްރޮޖެކްޓްސްއާއި، ޕްލޭނިންއާއި، ފައިނޭންސްއިން ކުރާ މަސައްކަތްތަކުގެ ތަފްޞީލް އަންގާދިނުމެވެ. މިބައިގެ މަޤްޞަދަކީ، ކައުންސިލްގެ އިދާރާގައި ޚިދުމަތްދޭ ދާއިރާތަކުން ދެވޭ ޚިދުމަތްތަކުގެ ތަފްޞީލްއާއި، ޚިދުމަތް ލިބޭނެ ގަޑިތަކާއި، އަދި ޚިދުމަތް ހޯދުމަށް އަންނަފަރާތްތަކަށް މަގުދައްކާދިނުމެވެ.


ކައުންސިލްގެ އިދާރާއައި ގުޅުންވުމަށް:

ކައުސިލްމެމްބަރުންނާއި، އަދި އިދާރާއަށާއި، މުވަޒަފުންނާއި، އެހެނިހެން މުހިއްމު ބޭފުޅުންނާއި ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ތައް ހުންނާ ނެއެވެ. މިބައިގެ މަޤްޞަދަކީ، ވެބްސައިޓް މެދުވެރިކޮށް ކައުންސިލާއި އަދި އިދާރާއާއި މުއާމަލާތުކުރުމުގެ ނިޒާމެއް ގާއިމްކުރުމެވެ.