ރަށް ރަށުގެ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ކުރަމުންދާ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ގާތުން ބަލައި ތަޖުރިބާ ހޯދުމަށް ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ފަރާތުން ޖޫން 20 ން 24 ށް ބ އަތޮޅުގެ ރަށްރަށަށް ކުރަމުންދާ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ދަރަވަންދޫއަށް ޒިޔާރަތްކޮށްފިއެވެ.
މާބައިދޫ ކައުންސިލްގެ ޓީމަށް މަރުޙަބާ ދެންނެވީ ކައުންސިލްގެ މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންނެވެ. މި ދަތުރުގައި މާބައިދޫ ކައުންސިލްގެ 10 މުވައްޒަފުން ބައިވެރިވެއެވެ.
މި ދަތުރުގައި ކައުންސިލާއި ބައްދަލުކޮށް ތަޖުރިބާ ޙިއްޞާކޮށްފައިވެއެވެ. އަދި ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައިވެއެވެ