މަސައްކަތް
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ ބައްތިދަނޑިތަކުގެ ހޮޅިބުރިތައް ބަދަލުކޮށް އިޖުތިމާޢީ ސަރަޙައްދުތައް ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން |
– ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2025 މާރިޗު 16 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. |
ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުން |
– މި ބިޑާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާރިޗު 19 ވަނަ ދުވަހުގެ 11:00ގެ ކުރިން ލިއުމަކުން މި ކައުންސިލަށް ފޮނުވާދިނުން އެދެމެވެ. – މި ބިޑާއި ގުޅޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމުގެ އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. |
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
– ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2025 މާރިޗު 19 ވަނަ ދުވަހުގެ 12:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. – ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. – ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ. ފޯން: 6602514، 6602519 އީމެއިލް: procurement@dharavandhoo.gov.mv |