ކުއްޔަށް ދިނުން
ނަންބަރު: IUL318-PRO/318/2024/49
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 20 އޮގަސްޓް 2024 13:00
ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން | – ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. – ބިޑް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.https://t.ly/T817A |
ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުން | މި ބިޑާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. |
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން | – ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 އޮގަސްޓް 20 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. – ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. – ބިޑް / ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް / ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު | މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ. ފޯން: 6602514، 6602519 އީމެއިލް: procurement@dharavandhoo.gov.mv |
04 އޮގަސްޓް 2024