ނަންބަރު: IUL318-AD/318/2024/48
ތާރީޚް: 18 ޖުލައި 2024
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4 ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ ނިޒާމެއް އެކުލަވާލުމަށް ބޭނުންވާ މެނޭޖްމެންޓް ޕްލޭން ހެދުމުގެ ތަމްރީން ޕްރޮގްރާމެއް، 2024 ޖުލައި 29 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމްގައި އާންމު ރައްޔިތުންގެ ތެރެއިން 1 ބޭފުޅަކަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ލިބިފައެވެ. މި ޕްރޮގްރާމުގައި ދަރަވަންދޫ ތިލައިގެ މެނޭޖްމެންޓް ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖުލައި 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00ގެ ކުރިން ކައުންސިލަރ ފަރަޙަ އާދަމް (މޯބައިލް ނަންބަރ 9807544)އާ ގުޅުއްވާ ނަން ނޯޓް ކުރެއްވުން އެދެމެވެ. 1 ފަރާތަށް ވުރެ ގިނަ ފަރާތުން ނަންނޯޓް ކުރައްވައިފިނަމަ އެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.