ބ. ދަރަވަންދޫ ހުކުރު މިސްކިތުގެ އޭސީތައް ސާރވިސްކޮށް ދިނުމުގެ މަސައްކަތް (ދެވަނަ ފަހަރު)

މި އިދާރާއިން ކުރެވުނު ނަންބަރު:  IUL318-HR/318/2025/41 (23 އޭޕްރީލް 2025) އިޢުލާނުގައިވާ މަސައްކަތު ތަފްޞީލަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާތިލްކޮށް ބ. ދަރަވަންދޫ ހުކުރު މިސްކިތުގައި ހަރުކޮށްފައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އަލުން އިޢުލާނުކުރަމެވެ.

ކުރަން ޖެހޭ މަސައްކަތް:

– ބ. ދަރަވަންދޫ ހުކުރު މިސްކިތުގައި ހަރުކޮށްފައި ހުރި 10 އޭސީ ސާރވިސްކޮށްދިނުން (އޭސީތައް ސާވިސް ކުރަންވާނީ އޭސީގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ނެއްޓުމަށްފަހު ރަނގަޅަށް ސާފުކޮށްގެންނެވެ.)

– އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން

– އޭސީތަކުގެ ސްޕެއަރ ޕާރޓްއަކަށް މައްސަލައެއް ދިމާވެފައިވާނަމަ ސްޕެއަރ ޕާރޓް ފޯރުކޮށްދިނުމުން ރަނގަޅުކޮށްދިނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2025 މެއި 21 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

– ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

– އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.