އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ދަށުން އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.
ވީމާ، މިއަދުން ފެށިގެން ގަރާޖު ސިޓީ ދޫކުރެވޭނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ އެނެކްސް 5: (އެއްގަމު އުޅަނދު ރަޖިސްޓަރީކުރާ ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގައި ހުންނަންޖެހޭ މިންގަނޑު) ގައިވާ ބަޔާންކޮށްފައިވާ މިންގަނޑަށް ރަޖިސްޓަރީކޮށްފައިވާ ގަރާޖުތަކަށެވެ.