ދޯނިއެހެލާ ސަރަޙައްދުގައި ހުރި ތަކެތީގެ ވެރިން ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މަގުމަތީގައި ގަސްއިންދުމާއި ތަކެތި ބެހެއްޓުމާއި މަގުމަތި ބޭނުންކުރުމުގެ އުސޫލު (އުސޫލު ނަންބަރު  PP318-AD/318/2024/3) ގެ ދަށުން ދޯނި އެހެލާ ސަރަޙައްދުގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ހުރިތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމަށްޓަކައި އެ ތަކެތީގެ ވެރިން ހޯދަން ބޭނުންވެއެވެ. 

ދޯނި އެހެލާ ސަރަޙައްދުގައި އެހެލާފައިވާ ދޯނި، ލޯންޗް އަދި ޑިންގީއާއި އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެހެނިހެން ތަކެތީގެ ވެރިން އެ ތަކެތީގެ ތަފްޞީލް ބަޔާންކޮށް ލިޔުމަކުން 2025 އޭޕްރީލް 20 ވާ އާދިއްތަދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.