މި އިދާރާއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމު |
ޑްރައިވަރ (ވޭޖް އެމްޕްލޮއިމަންޓް) |
ބޭނުންވާ ޢަދަދު |
02 (ދޭއް) |
މަޤާމުގެ ގިންތި |
ވަގުތީ (3 މަސްދުވަހުގެ މުއްދަތަށް) |
މުސާރަ |
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50/- (ފަންސާސް ރުފިޔާ) |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
ރަށުގައި އުފެދޭ ކުނި، ދެމެހެއްޓެނި ގޮތެއްގައި ނައްތާލުމުގެ ނިޒާމްގެ ދަށުން ގޭގެއިން އުފެދޭ ކުނި ނެގުމުގައި މަސައްކަތްކުރުން. |
ޝަރުޠު |
ލިޔަން ކިޔަން ދަތުމާއިއެކު C1 ކެޓަގަރީގެ ލައިސަންސް އެއް އޮތުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަސައްކަތުގެ ތަޖުރިބާ. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން. |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި އެކު، ހުށަހަޅަންޖެހޭ ލިއުންތައް، 2025 މާރިޗު 12 ވާ ބުދަދުވަހުގެ 13:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ. |