ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 ގައި، ވާދަވެރި މާހައުލެއްގައި މާމެލާމެލީގެ މީރުވަހުން ހުވަނދުލެވިފައިވާ ގޮތަށް، އަދި ރީތިކޮށް ނަލަކޮށް ކުރެހުން އަޅާފައިވާ ގޯތީގެ ވަށާފާރާއި ދޮރާއި، ދޮރުމަތި އޮތް ރަށަކަށް ދަރަވަންދޫ ހަދައި، ރަށުގެ ރީތިކަން ހާމަކުރުމުގެ މަޤުސަދުގައި ދަރަވަންދޫ ކައުންސިލްގެ ފަރާތުން “މަގޭ ދޮރާށި ފޮޓޯ މުބާރާތް” ނަމުގައި މުބާރާތެއް ދަރަވަންދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ދަރަވަންދޫގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގެ 1ވަނަ އަށް އަންނަ ފަރާތަކަށް -/20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު، 2ވަނަ އަށް އަންނަ ފަރާތަކަށް -/15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ. އަދި 3ވަނަ އަށް އަންނަ ފަރާތަކަށް -/10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.
މި މުބާރާތް ސްޕޮންސަރ ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 2025 މާރިޗް 31ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހް (9588128) އާ ގުޅުއްވުން އެދެމެވެ.