ކުއްޔަށް ދިނުން
ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން |
– ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2025 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. |
ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުން |
– މި ބިޑާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ފެބުރުވަރީ 02ވަނަ ދުވަހުގެ 12:00ގެ ކުރިން ލިއުމަކުން މި ކައުންސިލަށް ފޮނުވާދިނުން އެދެމެވެ. – މި ބިޑާއި ގުޅޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމުގެ އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. |
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
– ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 02 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. – ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. – ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ. ފޯން: 6602514، 6602519 އީމެއިލް: procurement@dharavandhoo.gov.mv |