1. ބައްދަލުވުން ފެށުނު ތާރީޚާއި ގަޑި: 05 ނޮވެމްބަރ 2024، 11:04
2. ބައްދަލުވުން ބޭއްވުނު ތަން: މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
3. ބައްދަލުވުން މެދުކަނޑައިލި ގަޑި: –
4. ބައްދަލުވުން މެދުކަނޑައިލުމަށްފަހު ފެށުނު ގަޑި: –
5. ބައްދަލުވުން ނިމުނުގަޑި: 11:30
6. ޖަލްސާގެ ރިޔާސަތުގައި އިންނެވީ: ކޮމިޓީގެ ރައީސް ނާއިދާ ޙަސަންފުޅު
7. ބައްދަލުވުމުގެ އެޖެންޑާ
7.1 ޖަލްސާގެ އެޖެންޑާ އިއްވުމާއި ފާސްކުރުން
7.2 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކޮމެޓީގެ 2 ވަނަ ދައުރުގ188ެ ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން
7.3 ކޮމެޓީގެ މަސައްކަތު ތާވަލާ ގުޅޭގޮތުން މަޝްވަރާ ކުރުން.
7.4 ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅާ ކަންކަން – ނެތް
7.5 ކޮމިޓީއިން / ރިޔާސަތުން ހުށަހަޅާ ކަންކަން- ނެތް
7.6 މެންބަރުން ހުށަހަޅާ ކަންކަން – ނެތް
7.7 ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން
7.7.1 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކޮމެޓީގެ 2 ވަނަ ދައުރުގެ 188 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
7.7.2 ކޮމެޓީގެ މަސައްކަތު ތާވަލާ ގުޅޭގޮތުން މަޝްވަރާ ކުރުން.
8. ބައްދަލުވުމުގައި މަޝްވަރާކުރި ކަންތަކުގެ ތަފްޞީލް
8.1 މަޝްވަރާކުރި މައްސަލައިގެ ޙުލާސާ:
ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 188 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
8.1.1 މަޝްވަރާގައި ފާހަގަކުރި މުޙިއްމު ކަންކަން:
މި މައްސަލައާއި ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވެއެވެ.
8.1.2 ވޯޓު ދިންގޮތުގެ ތަފްޞީލް:
ރައީސް ނާއިދާ ޙަސަންފުޅު
ފެންނަކަމަށް
ނައިބު ރައީސް ފާޠިމަތު ރިޙްލާ
ފެންނަކަމަށް
މެންބަރު ޘަރާ ނަސީމް
ފެންނަކަމަށް
8.2 މަޝްވަރާކުރި މައްސަލައިގެ ޙުލާސާ:
ކޮމެޓީގެ މަސައްކަތު ތާވަލާ ގުޅޭގޮތުން މަޝްވަރާ ކުރުން.
8.2.1 މަޝްވަރާގައި ފާހަގަކުރި މުޙިއްމު ކަންކަން:
ޕޭސްޓްރީ ކޯހާއި ހަދާނީ ފިލާ ހެދުމުގެ އަޕްޑޭޓްއެއް ބެލުން.ގެވެށި އަނިޔާއާއި ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ސެޝަންގެ އަޕްޑޭޓްއެއް ބެލުން. ހޭންޑްބޯލް މުބާރާތް ކެންސަލް ކޮށް ބަދަލުގައި އެކުވެރިކަމުގެ މެޗެއް ރޭވުމަށް އެޖެންޑާ ކުރުން.
8.2.2 ވޯޓު ދިންގޮތުގެ ތަފްޞީލް:
ރައީސް ނާއިދާ ޙަސަންފުޅު
ފެންނަކަމަށް
ނައިބު ރައީސް ފާޠިމަތު ރިޙްލާ
ފެންނަކަމަށް
މެންބަރު ޘަރާ ނަސީމް
ފެންނަކަމަށް
9. ބައްދަލުމުގައި ނިންމި ކަންތައްތައް:
މި ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ 01 ކަމެވެ. އެއީ:-
• އެޖެންޑާ ނަންބަރު 7.7.1 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 188 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން. މި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލައި ހުށަހެޅިފައިވާ މައްސަލައާ މެދު ބަހުސް ކުރުމުގެ ފުރުސަތު ދެވުނެވެ. އެހެންނަމަވެސް މި މައްސަލައަށް އެއްވެސް މެންބަރަކު ބަހުސްކޮށްފައި ނުވެއެވެ. މި މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށެވެ.
• އެޖެންޑާ ނަންބަރު 7.7.2 ކޮމެޓީގެ މަސައްކަތު ތާވަލާ ގުޅޭގޮތުން މަޝްވަރާ ކުރުން. މި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލައި ހުށަހެޅިފައިވާ މައްސަލައާ މެދު ބަހުސް ކުރުމުގެ ފުރުސަތު ދެވުނެވެ. އެގޮތުން މެމްބަރ ޘަރާ ނަސީމް ވަނީ ޕޭސްޓްރީ ކޯހާއި ހަދާނީ ފިލާ ހެދުމުގެ އަޕްޑޭޓް އެއް ބަލަން ބުނެފައިއެވެ. އެކަމަށް ރައިސާ ނާއިދާ ހަސަންފުޅު ވަނީ ޕޭސްޓްރީ ކޯސް ނާގާދޭން ގެންނަ ބޭފުޅަކަށް އާދެވޭނެ ދުވަހެއް ބަލާނެކަމަށް ބުނެފައިއެވެ. މީގެ އިތުރުން މެމްބަރ ޘަރާ ނަސީމްވަނީ ގެވެށި އަނިޔާގެ މައުލޫމާތު ސެޝަން ނަގާނެ ދުވަހުގެ އަޕްޑޭޓްއެއް ބަލާދޭން އެދިފައިއެވެ. އަދި މެމްބަރ ފާތިމަތު ރިޙްލާ ވަނީ ހޭންޑްބޯލް މުބާރާތުގެ ބަދަލުގައި އެކުވެރި ކަމުގެ މެޗެން ރޭމުމަށް ހުށައަޅާފައިއެވެ. މިމައްސަލައާއި ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް މެމްބަރ ޘަރާ ނަސީމް ވަނީ ދެން އަންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްދޭން އެދިފައިއެވެ.
10. ބައްދަލުވުމުގެ ހާޒިރީގެ ތަފްޞީލް:
ރައީސް ނާއިދާ ޙަސަންފުޅު
ނައިބު ރައީސް ފާޠިމަތު ރިޙްލާ
މެންބަރު ޘަރާ ނަސީމް
ކައުންސިލް އޮފިސަރ، އަފާފާ އަޙްމަދު
11. ބައްދަލުވުމުގެ އިދާރީ ކަންތައް ބެލެހެއްޓެވީ: – ކައުންސިލް އޮފިސަރ، އަފާފާ އަޙްމަދު
12. ބައްދަލުވުން އަޑުއެހުމަށް އާންމުންނާއި ރަސްމީ އިދާރާތަކުން ހާޒިރުވެފައިވާނަމަ އެ ފަރާތްތަކުގެ މަޢުލޫމާތު:
13. ބައްދަލުވުމުގެ ޔައުމިއްޔާ އާންމުކޮށްފައިވާ ގޮތުގެ މަޢުލޫމާތު:
14. ޔައުމިއްޔާ ފާސްކޮށް ސޮއި ކުރުން:
# މެންބަރުގެ ނަމާއި އެޑްރެސް މަޤާމު ސޮއި ތާރީޚް
1. ނާއިދާ ޙަސަންފުޅު ހިއުމަން، ބ. ދަރަވަންދޫ ކޮމިޓީގެ ރައީސް
2. ފާޠިމަތު ރިޙްލާ ގާދޫ، ބ. ދަރަވަންދޫ ކޮމިޓީގެ ނައިބު ރަޢީސް
3. ޘަރާ ނަސީމް މާސް، ބ. ދަރަވަންދޫ ކޮމިޓީ މެންބަރު