ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން

– ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2024 ޑިސެންބަރު 01 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.

– ބިޑް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

https://tinyurl.com/Cafe-Iulaan

ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުން

މި ބިޑާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެންބަރު 01 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

– ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 10 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

– ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

– ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.

ފޯން: 6602514، 6602519

އީމެއިލް: procurement@dharavandhoo.gov.mv

24 ނޮވެންބަރު 2024