ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

ކުއްޔަށް ދިނުން

ނަންބަރު: IUL318-PRO/318/2024/49

ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024

ޕަބްލިޝްކުރި ގަޑި: 12:50

ސުންގަޑި: 20 އޮގަސްޓް 2024 13:00


ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން– ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
– ބިޑް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.https://t.ly/T817A  
ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުންމި ބިޑާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން– ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 އޮގަސްޓް 20 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.
– ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
– ބިޑް / ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް / ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތުމާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.
ފޯން: 6602514، 6602519
އީމެއިލް: procurement@dharavandhoo.gov.mv

04 އޮގަސްޓް 2024