އއ. މަތިވެރީ ކައުންސިލްގެ ޓީމެއް ދަރަވަންދޫއަށް ޒިޔާރަތްކޮށްފި

ރަށް ރަށުގެ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ކުރަމުންދާ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ގާތުން ބަލައި ތަޖުރިބާ ހޯދުމަށް އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ ފަރާތުން ޖުލައި 4 ން 7 ށް ނ، ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ދަރަވަންދޫއަށް ޒިޔާރަތްކޮށްފިއެވެ.

މަތިވެރީ ކައުންސިލްގެ ޓީމަށް މަރުޙަބާ ދެންނެވީ ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންނެވެ. މި ދަތުރުގައި މަތިވެރީގެ ކައުންސިލްގެ 20 މުވައްޒަފުން ބައިވެރިވެއެވެ.

މި ދަތުރުގައި ކައުންސިލާއި ބައްދަލުކޮށް ތަޖުރިބާ ޙިއްޞާކޮށްފައިވެއެވެ. އަދި ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައިވެއެވެ.