2024ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި އޮޑިޝަނެއް ބޭއްވުން

ދަރަވަންދޫ ކައުންސިލުން އިސްނަގައިގެން މި އަހަރުގެ އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، މި އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވާނެ ދަރިވަރުން ހޮވުމަށްޓަކައި އޮޑިޝަނެއް ބޭއްވުމަށް ބޭނުންވެއެވެ. މި އޮޑިޝަން އޮންނާނީ 2024 ޖުލައި 12 ވަނަ ދުވަހު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ. މި އޮޑިޝަނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލު މެންބަރު ފަރަޙަ އާދަމް (9807544)އާއި ގުޅުއްވާ ނަންނޯޓުކުރެއްވުން އެދެމެވެ.

މި އޮޑިޝަނުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ އެ ދަރިވަރަކު ހިމެނޭ ކީ-ސްޓޭޖްގައިވާ މުޤައްރަރުގެ ތެރެއިން 5 ފޮޅުވަތެވެ. މުޤައްރަރުގެ ތަފުސީލު ތިރީގައިވާ ތާވަލުގައި އެވަނީއެވެ.