ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރުއް އިންދުމުގެ ޕްރޮގްރާމެއް

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.   މިއަދު ހަވީރު ކުރިއަށްގެންދެވުނު ރުއް އިންދުމުގެ ޕްރޮގްރާމުގައި ކައުންސިލްގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ ޕްރޮގްރާމެކެވެ.

މިއަދު އިންދުނު ގިނަ ރުއްތަކަކީ އާޖީލުގެ ހައިބްރިޑް ރުއްތަކެވެ.  މި ރުއްތަކަކީ ހެޔޮ އެދޭ ފަރާތްތަކުން ކައުންސިލަށް ހަދިޔާކޮށްދީފައިވާ ރުއްތަކެކެވެ.  ރުއްތައް ހަދިޔާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

ކައުންސިލްގެ އުއްމީދަކީ މި ރުއްތައް ހެއްދުމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިއުމެވެ.