ވ. އަތޮޅު އަތޮޅު ކައުންސިލްގެ ޓީމެއް ދަރަވަންދޫއަށް ޒިޔާރަތްކޮށްފި

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ޓީމެއް މިއަދު ދަރަވަންދޫއަށް ޒިޔާރަތްކޮށްފިއެވެ.  ތަޖުރިބާ ހޯދުމުގެ މި ދަތުރުގައި މި މަހުގެ 5 ން 8 އާއި ދެމެދު ބ. އަތޮޅު ރަށްތަކަށް މި ޓީމު ޒިޔާރަތްކުރާނެއެވެ.  މި ދަތުރުގައި ވ. އަތޮޅު ކައުންސިލްގެ 21 މުވައްޒަފުން ބައިވެރިވެލައްވައެވެ.

ވ. އަތޮޅުގެ ޓީމަށް ދަރަވަންދޫ އެއަރޕޯޓުން މަރުޙަބާކީ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންނެވެ.

ދަރަވަންދޫއަށް ކުރި މި ޒިޔާރަތުގައި ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައިވެއެވެ.  މި ފަދަ ދަތުރުތަކުގެ ސަބަބުން ދެ ކައުންސިލުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރެވިގެން ދެއެވެ.