ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 144 ވަނަ ޖަލްސާގެ ޔައުމިއްޔާ

* ޖަލްސާ ބޭއްވި ތާރީޚާއި ގަޑި:             29 ޖަނަވަރީ 2024، 11:30

* ޖަލްސާ ބޭއްވި ތަން:                  މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

* ޖަލްސާގެ ރިޔާސަތުގައި އިންނެވީ:           ކޮމިޓީގެ ރައީސް ނާއިދާ ޙަސަންފުޅު

ޖަލްސާގެ ބައިވެރިން:

 1. ކޮމިޓީގެ ރައީސް ނާއިދާ ޙަސަންފުޅު
 2. ކޮމިޓީގެ ނައިބު ރައީސް ފާޠިމަތު ރިޙްލާ
 3. މެންބަރު ޢާއިޝަތު ފަރީޝާ
 4. މެންބަރު މަރްޔަމް ސަނިއްޔާ
 5. މެންބަރު ޘަރާ ނަސީމް
 6. އ. ކައުންސިލް އެގްޒެކެޓިވް އާމިނަތު ޝިހާމާ
 7. ކައުންސިލް އޮފިސަރ އަފާފާ އަޙްމަދު
 1. ދުޢާ

ރިޔާސަތުން ވާހަކަ ދެއްކެވުން

”بسم الله الرحمن الرحيم، الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن والاه – ޖަލްސާ ފެށުނީ. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ދައުރުގެ 144 ވަނަ ޖަލްސާއަށް ވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ދަންނަވަން. މި ޖަލްސާގައި މެންބަރު ސަނިންޔާ ބައިވެރިވެލައްވާނީ އޮންލައިން ކޮށް. މި ޖަލްސާގެ އެޖެންޑާ ދަންނަވާލަން.

 1. ޖަލްސާގެ އެޖެންޑާ ފާސްކުރުން
 2. ވޯކް ޕްލޭންގައި ހިމެނިފައިވާ ކަންތައްތަކަށް ބަޖެޓް ކަނޑައެޅުން
 3. ކޮމެޓީގެ ބައްދަލުވުންތައް ބާއްވާ ގަޑިއަށް ބަދަލުގެނައުން
 4. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2 ވަނަ ދައުރުގެ 143 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
 5. ވޯޓަށްއަހާ ކަންކަމަށް ވޯޓަށް އެހުން

ރިޔާސަތުން ވާހަކަ ދެއްކެވުން

އެޖެންޑާއަށް އެއްވެސް އިސްލާހެއް އޮތްނަމަ ފުރުސަތު އަރުވަން. އިތުރު އިސްލާހެއް ނެތުމުން އެޖެންޑާ ފާސްކުރުމަށް ތާއީދު ކުރައްވާ މެންބަރަކަށް ފުރުސަތު އަރުވަން. ކޮމެޓީގެ ނައިބު ރައީސް ފާތިމަތު ރިޙްލާ ތާޢީދު ކުރައްވައިފި. އެޖެންޑާ ފާސްކުރުމަށް ވޯޓަކަށް އަހާލަން. އިއްތިފާޤުން ފާސްވެއްޖެ. އެޖެންޑާގެ ނަންބަރުތަކައިގެން ކުރިއަށް ދާނަން.

ދެން އޮތީ އެޖެންޑާ ނަންބަރު 4.1 ކޮމެޓީގެ ބައްދަލުވުންތައް ބާއްވާ ގަޑިއަށް ބަދަލުގެނައުން

މި މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްލުމަށް ވަގުތު ކޮޅެއް ހޭދަ ކޮށްލާނަން.

މަޝްވަރާގެ ވަގުތުކޮޅަކަށް ފަހު.

ރިޔާސަތުން ވާހަކަ ދެއްކެވުން

މިއަދުގެ އެޖެންޑާގައި މަޝްވަރާކޮށް ބަހުސް ކުރުމަށް އިތުރު މައްސަލައެއް ނެތުމުން އެޖެންޑާގެ ދެން އޮތް ނަންބަރައިގެން ކުރިއަށް ދާނަން.

ދެން އޮތީ އެޖެންޑާނަންބަރު 6. އިދާރީ މައްސަލަތައް.

މައްސަލަ: ކޮމެޓީގެ ބައްދަލުވުންތައް ބާއްވާ ގަޑިއަށް ބަދަލުގެނައުން

ހުށައެޅި ފަރާތް: ރިޔާސަތުން

ނިންމުނުގޮތް : ކޮމެޓީގެ ބައްދަލުވުންތައް ކޮންމެ ހޯމަދުވަހެއްގެ 11:00 ގައި ކުރިއަށް ގެންދިއުމަށް.

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު  ޢާއިޝަތު ފަރީޝާ

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ނައިބު ރައީސް ފާޠިމަތު ރިޙްލާފެންނަކަމަށް
މެންބަރު ޢާއިޝަތު ފަރީޝާފެންނަކަމަށް
މެންބަރު މަރްޔަމް ސަނިއްޔާނުފެންނަކަމަށް
މެންބަރު ޘަރާ ނަސީމްފެންނަކަމަށް

މައްސަލަ: ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 143 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ހުށައެޅި ފަރާތް: ރިޔާސަތުން

ނިންމުނުގޮތް : ހުށަހެޅިފައިވާގޮތަށް ދަރަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 143 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ޘަރާ ނަސީމް

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ނައިބު ރައީސް ފާޠިމަތު ރިޙްލާފެންނަކަމަށް
މެންބަރު ޢާއިޝަތު ފަރީޝާފެންނަކަމަށް
މެންބަރު މަރްޔަމް ސަނިއްޔާފެންނަކަމަށް
މެންބަރު ޘަރާ ނަސީމްފެންނަކަމަށް

4. ޖަލްސާ ނިންމުން

ރިޔާސަތުން ވާހަކަދެއްކުން

މިއަދުގެ ބައްދަލުވުން މި ހިސާބުން ނިމުނީ.  ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަދުވަހު. والحمدالله رب العالمين – ޖަލްސާ ނިމުނީ“

 • ޔައުމިއްޔާ ފާސްކޮށް ސޮއިކުރުން
#މެންބަރުގެ ނަމާއި އެޑްރެސްމަޤާމުސޮއިތާރީޚް
 ނާއިދާ ޙަސަންފުޅުހިއުމަން، ބ. ދަރަވަންދޫކޮމިޓީގެ ރައީސް  
 ފާޠިމަތު ރިޙްލާގާދޫ، ބ. ދަރަވަންދޫކޮމިޓީގެ ނައިބު ރަޢީސް  
 ޢާއިޝަތު ފަރީޝާޝާހިލް، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 މަރްޔަމް ސަނިއްޔާރަންގަލި، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ޘަރާ ނަސީމް                   މާސް،. ބ. ދަރަވަންދޫކޮމިޓީ މެންބަރު