ނަންބަރު: IUL318-AD/318/2024/26
ތާރީޚް: 19 މޭ 2024
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން “ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށައަޅާ ފޯމު” ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
އަދި ހަމައެހެންމެ، މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖްރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 2024 ޖޫން 08 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވަމެވެ.
ފޯމު ދޫކުރުން:
ފޯމު ދޫކުރާނީ 2024 މޭ 19 ވާ އާދީއްތަދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއިންނެވެ.
ފޯމު ބަލައިގަތުން:
ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއިންނެވެ.
ގުޅުން ހުރި ލިޔުންތައް
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް