ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާ

* ޖަލްސާ ބޭއްވި ތާރީޚާއި ގަޑި:         5 ޖުލައި 2021، 09:00

* ޖަލްސާ ބޭއްވި ތަން:              މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

* ޖަލްސާގެ ރިޔާސަތުގައި އިންނެވީ:       ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ

ޖަލްސާގެ ބައިވެރިން:

 1. ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ
 2. ކޮމިޓީގެ ނައިބު ރައީސް މަރްޔަމް ސަނިއްޔާ
 3. ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅު
 4. ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާ
 5. ސީނިއަރ ކައުންސިލް އޮފިސަރ އިބްރާހިމް ހުސާމިން
 1. ދުޢާ

ރިޔާސަތުން ވާހަކަ ދެއްކެވުން

”بسم الله الرحمن الرحيم، الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن والاه – ޖަލްސާ ފެށުނީ.  ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާއަށް ވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ދަންނަވަން.

 • އެޖެންޑާ އިއްވުމާއި ފާސްކުރުން

ރިޔާސަތުން ވާހަކަ ދެއްކެވުން

މި ޖަލްސާގެ އެޖެންޑާ

 1. ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން
 2. ބޮޑު ޢީދުގައި އަންހެނުންކުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމް ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
 3. ފުޓްސެލް މުބާރާތަށް އިނާމް ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
 4. ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 7 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
 • ވޯޓަށްއަހާ ކަންކަމަށް ވޯޓަށް އެހުން

އެޖެންޑާ ފާސްކުރުން

އެޖެންޑާ ފާސްކުރުމަށް ތާއިދުކުރެއްވީމެންބަރު ނާއިދާ ޙަސަންފުޅު
އެޖެންޑާ ފާސްކުރުމަށް ވޯޓު ދެއްވި ގޮތްފެންނަ: 4
 ނުފެންނަ: 0
 • އެޖެންޑާ އައިޓަމްތައް

ބޮޑު ޢީދުގައި އަންހެނުންކުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމް ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި ރަށަކީ ކުރީގައި ވަރަށް އެކުވެރިކަމާއެކު ބޮޑު ޢީދު ފާހަ ކުރިރަށެއްކަމަށާއި މި ފަހަރު ކޮމެޓީ އަލަށް އިންތިހާބުވެ ހިގައިގަތްފައިވާތީ ކުރަން ރަނގަޅުކަމެއް ކަމުގައި މެންބަރުގެ މަޝްވަރާގައި ފާހަގަ ކުރެއްވިއެވެ. އަދި މިކަން ކުރުމަށް އެންމެންގެ އެއްބާރުލުން ލިބޭނެގޮތަކާމެދުވެސް މަޝްވަރާކުރެވުނެވެ.

ފުޓްސެލް މުބާރާތަށް އިނާމް ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

މި ފަހަރުގެ ފިއެސްޓާ ކުރިއަށް ގެންދަނީ ދެޖިންސު އެއްކޮށް ކަމަށްވާތީ އިނާމު ދޭއިރު ދެޖިންސަށް ހަމަކޮށް އިނާމުދިނުން މުހިންމު ކަމަށާއި ސަބަބަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ހޮވިފައި ތިބީ ފިރިހެން ބޭފުޅުންގެވެސް ވޯޓުން ކަމަށް ވާތީކަމަށްވެސް މެންބަރުންގެ މަޝްވަރާގައި ފާހަގަކުރެއްވިއެވެ.

 • ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން

ހުށަހެޅުން: ބޮޑު ޢީދުގައި އަންހެނުންކުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމް ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ނިންމުން: ކުޅިވަރުކުޅޭ ކަނބަލުންގެ ގާތަށް ކޮމެޓީގެ މެންބަރުން ޒިޔާރަތްކޮށް ވާހަކަދައްކައިގެން ކުރިއަށް ގެންދިއުމަށް.

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ފާތިމަތު ރިހުލާ

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ކޮމެޓީގެ ރައީސް މަރްޔަން ސައުފާފެންނަކަމަށް
ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާފެންނަކަމަށް
ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާފެންނަކަމަށް
ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅުފެންނަކަމަށް

ހުށަހެޅުން: ފުޓުސެލް މުބާރާތަށް އިނާމް ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ނިންމުން: ބައިވެރިވާ ކޮންމެ ޓީމަކަށް -/1000ރ ގެ މާލީ އެހީތެރިކަމެއް ދިނުމަށާއި ފުޓްސެލް ކިންގ އަދި ކްއީންއަށް ޓްރޮފީއެއް ދިނުމަށް

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: ނައިބުރައީސް މަރިޔަމް ސަނިއްޔާ

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ކޮމެޓީގެ ރައީސް މަރްޔަން ސައުފާފެންނަކަމަށް
ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާފެންނަކަމަށް
ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާފެންނަކަމަށް
ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅުފެންނަކަމަށް

ހުށަހެޅުން: ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 7 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ނިންމުން: ޔައުމިއްޔާ ހުށަހެޅުނުގޮތަށް ފާސްކުރުމަށް

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ނާއިދާ ހަސަންފުޅު

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ކޮމެޓީގެ ރައީސް މަރްޔަން ސައުފާފެންނަކަމަށް
ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާފެންނަކަމަށް
ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާފެންނަކަމަށް
ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅުފެންނަކަމަށް
 • ޖަލްސާ ނިންމުން

ރިޔާސަތުން ވާހަކަދެއްކުން

މިއަދުގެ ބައްދަލުވުން މި ހިސާބުން ނިމުނީ.  ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަދުވަހު. والحمدالله رب العالمين – ޖަލްސާ ނިމުނީ“

 • ޔައުމިއްޔާ ފާސްކޮށް ސޮއިކުރުން
#މެންބަރުގެ ނަމާއި އެޑްރެސްމަޤާމުސޮއިތާރީޚް
 މަރްޔަމް ޝައުފާމުސާފިރު، ބ. ދަރަވަންދޫކޮމިޓީގެ ރައީސް  
 މަރްޔަމް ސަނިއްޔާރަންގަލި، ބ. ދަރަވަންދޫކޮމިޓީގެ ނައިބު ރައީސް  
 ނާއިދާ ޙަސަންފުޅުހިޔުމަން، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ފާޠިމަތު ރިޙްލާގާދޫ، ބ. ދަރަވަންދޫކޮމިޓީ މެންބަރު