ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގެ ޔައުމިއްޔާ

* ޖަލްސާ ބޭއްވި ތާރީޚާއި ގަޑި:          31 މޭ 2021، 09:00 ން 09:55

* ޖަލްސާ ބޭއްވި ތަން:                މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

* ޖަލްސާގެ ރިޔާސަތުގައި އިންނެވީ:       އތމ ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ

ޖަލްސާގެ ބައިވެރިން:

 1. ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ
 2. ކޮމިޓީގެ ނައިބު ރައީސް މަރްޔަމް ސަނިއްޔާ
 3. ކޮމިޓީ މެންބަރު ޢާއިޝަތު ފަރީޝާ
 4. ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅު
 5. ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާ
 6. ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހީމް ހުސާމިން
 1. ދުޢާ

ރިޔާސަތުން ވާހަކަ ދެއްކެވުން

”بسم الله الرحمن الرحيم، الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن والاه – ޖަލްސާ ފެށުނީ.  ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 3 ޖަލްސާއަށް ވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ދަންނަވަން.

ޖަލްސާގެ އެޖެންޑާ ދަންނަވާލަދޭނަން.

 1. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021 ފާސްކުރުން.
 2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޯދަން ބޭނުންވާ ތަކެއްޗަށް ޚަރަދުކުރާނެ ބަޖެޓު ފާސްކުރުން.
 3. ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން

އެޖެންޑާއަށް އެއްވެސް އިސްލާޙެއް ވާނަ ހުށަހެޅުއްވުން އެދެން.  އެޖެންޑާއަށް އިސްލާޙެއް ނެތް. އެޖެންޑާ ފާސްކުރުމަށް ތާއިދުކުރައްވާ ބޭފުޅަކު. މެންބަރު އާއިޝަތު ފަރީޝާ ތާޢީދު ކުރައްވައިފި. އެޖެންޑާ ފާސްކުރުމަށް ވޯޓަކަށް އަހާލަން.  5 ވޯޓުން ފާސްވެއްޖެ.

 1. އެޖެންޑާ ނަންބަރު 1. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021 ފާސްކުރުން. ހިންގާ ގަވާއިދު ހުށަހަޅާދެއްވުމަށް އިދާރީ މޭޒަށް ދަންނަވަން.

އިދާރީ މޭޒުން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހީމް ހުސާމިން ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021 ހުށަހަޅުއްވައިދެއްވައިފި.

ރިޔާސަތުން ވާހަކަ ދެއްކެވުން

ޝުކުރިއްޔާ. ދެންމެ އިވިގެންދިޔަ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021 އަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ އެފުރުޞަތު ހުޅުވާލަން.

އެއްވެސް އިސްލާހެއް ނެތުމާއެކު ދެން އަޅުގަނޑު މި ދަނީ އެޖެންޑާ ނަންބަރު 2

 • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޯދަން ބޭނުންވާ ތަކެއްޗަށް ޚަރަދުކުރާނެ ބަޖެޓު ފާސްކުރުން.

ކޮމެޓީގެ އިދާރީ ކަންކަން ހަމަޖެއްސުމަޓަކައި ބޭނުންވާތަކެތި ހޯދުމަށްޓަކައި ހަރަދުކުރާނެ ވަރެއް އެބަޖަހޭ އަޅުގަނޑުމެން ފާސްކުރަން. އެހެންކަމުން މިކަމާބެހޭގޮތުން މަޝްވަރާކޮށްލުމަށް އަޅުގަނޑު 10 މިނިޓުގެ ފުރުޞަތު އަރުވަން.

މަޝްވަރާގެ ވަގޮތައްފަހު ދެން އަޅުގަނޑު މިދަނީ އެޖެންޑާ ނަންބަރު3ށް

 • ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން

ހުށަހެޅުން: ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ޤަވާއިދު 2021 ފާސްކުރުން

ނިންމުން: ޤަވާއިދު ހުށަހެޅިފައިވާގޮތައް ފާސްކުރުން

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: ނައިބްރައީސް މަރްޔަމް ސަނިއްޔާ

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ކޮމެޓީގެ ރައީސް މަރްޔަން ސައުފާފެންނަކަމަށް
ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާފެންނަކަމަށް
ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާފެންނަކަމަށް
ކޮމެޓީގެ މެންބަރު އާއިޝަތު ފަރީޝާފެންނަކަމަށް
ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅުފެންނަކަމަށް

ހުށަހެޅުން: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޯދަން ބޭނުންވާ ތަކެއްޗަށް ޚަރަދުކުރާނެ ބަޖެޓު ފާސްކުރުން ނިންމުން: -/30000 (ތިރީސްހާސް) ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް

ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ފަތިމަތު ރިހުލާ

ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:

ކޮމެޓީގެ ރައީސް މަރްޔަން ސައުފާފެންނަކަމަށް
ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާފެންނަކަމަށް
ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާފެންނަކަމަށް
ކޮމެޓީގެ މެންބަރު އާއިޝަތު ފަރީޝާފެންނަކަމަށް
ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅުފެންނަކަމަށް
 • ޖަލްސާ ނިންމުން

ރިޔާސަތުން ވާހަކަދެއްކުން

މިއަދުގެ ޖަލްސާ މި ހިސާބުން ނިމުނީ.  ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު. والحمدالله رب العالمين – ޖަލްސާ ނިމުނީ“

 • ޔައުމިއްޔާ ފާސްކޮށް ސޮއިކުރުން
#މެންބަރުގެ ނަމާއި އެޑްރެސްމަޤާމުސޮއިތާރީޚް
 މަރްޔަމް ޝައުފާމުސާފިރު، ބ. ދަރަވަންދޫކޮމިޓީގެ ރައީސް  
 މަރްޔަމް ސަނިއްޔާރަންގަލި، ބ. ދަރަވަންދޫކޮމިޓީގެ ނައިބު ރައީސް  
 ޢާއިޝަތު ފަރީޝާސާހިލް، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ނާއިދާ ޙަސަންފުޅުހިޔުމަން، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ފާޠިމަތު ރިޙްލާގާދޫ، ބ. ދަރަވަންދޫކޮމިޓީ މެންބަރު