* ޖަލްސާ ބޭއްވި ތާރީޚާއި ގަޑި: 24 މޭ 2021، 21:00
* ޖަލްސާ ބޭއްވި ތަން: މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
* ޖަލްސާގެ ރިޔާސަތުގައި އިންނެވީ: ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ
ޖަލްސާގެ ބައިވެރިން:
- ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ
- ކޮމިޓީގެ ނައިބު ރައީސް މަރްޔަމް ސަނިއްޔާ
- ކޮމިޓީ މެންބަރު ޢާއިޝަތު ފަރީޝާ
- ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅު
- ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާ
- އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ނަޡީފް
- ދުޢާ
ރިޔާސަތުން ވާހަކަ ދެއްކެވުން
”بسم الله الرحمن الرحيم، الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن والاه – ޖަލްސާ ފެށުނީ. ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާއަށް ވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ދަންނަވަން.
- އެޖެންޑާ އިއްވުމާއި ފާސްކުރުން
ރިޔާސަތުން ވާހަކަ ދެއްކެވުން
މި ޖަލްސާގެ އެޖެންޑާ
- ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން
- ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި ގަޑިއެއް ކަނޑައެޅުން
- ޓާސްކްފޯރސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުން
- އަންހެނުންގެ ތަރައްގީއަށް ހިންގިދާނެ ފްރޮގްރާމްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން
- ކުރީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން
އެޖެންޑާ ފާސްކުރުން
| އެޖެންޑާ ފާސްކުރުމަށް ތާއިދުކުރެއްވީ | ނައިބު ރައީސް މަރްޔަމް ސަނިއްޔާ |
| އެޖެންޑާ ފާސްކުރުމަށް ވޯޓު ދެއްވި ގޮތް | ފެންނަ: 5 |
| ނުފެންނަ: 0 |
- އެޖެންޑާ އައިޓަމްތައް
ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި ގަޑިއެއް ކަނޑައެޅުން
ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި މެދު މަޝްވަރާކޮށް ހުރިހާ މެންބަރުންގެ ތާއިދާއެކު ކަނޑައެޅުނު ކޮންމެ ހޯމަދުވަހެއްގެ ހެނދުނު ބައްދަލުވުންތައް ބޭއްވުމަށެވެ. އެއީ ކައުންސިލަށް މައްސަލައެއް ފޮނުވަންވެސް ފަސޭހަވާނެކަމަށް ރިޔާސަތުން ދެންނެވުމުންނެވެ.
ޓާސްކްފޯރސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުން
މިހާރުވެސް ކޮމިޓީގެ އެންމެ މެންބަރުން ޓާސްކްފޯރސް ކޮމިޓީގެ ވޮލަންޓިޔަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާތީވެ، އެ ފަދަ އެހީތެރިކަމެއް ކުރިމަގުގައިވެސް ދޭންޖެހޭނެކަމަށް މެންބަރުންނަށް ފެންނަކަމަށް މަޝްވަރާކުރެވުނުވެ. އަދި ހުރިހާ މެންބަރުންވެސް ވޮލަންޓިޔަރުންގެ ގޮތުގައި ހަރަކާތްތަކުގައި ބައިވެރިވެ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ކޮވިޑްގެ މިހާލަތުގައި ދިނުން ވަރަށް މުހިންމުކަމަށް ފާހަގަކޮށް މަޝްވަރާކުރެވުނެވެ.
އަންހެނުންގެ ތަރައްގީއަށް ހިންގިދާނެ ފްރޮގްރާމްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން
އަންހެނުންގެ ތަރައްގީއަށް ހިންގިދާނެ ބައެއްކަންކަމާމެދު މަޝްވަރާކުރެވުނެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގިދާނެ ގޮތްތަކާއި މެދުވެސް މަޝްވަރާކުރެވުނެވެ.
- ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން
ހުށަހެޅުން: ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި ގަޑިއެއް ކަނޑައެޅުން.
ނިންމުން: ކޮންމެ ހަފުތާއެއްގެ ހޯމަދުވަހުގެ ހެނދުނު 09:00 ގައި ކައުންސިލްގައި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް
ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ޢާއިޝަތު ފަރީޝާ
ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:
| ކޮމެޓީގެ ރައީސް މަރްޔަން ސައުފާ | ފެންނަކަމަށް |
| ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު އާއިޝަތު ފަރީޝާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅު | ފެންނަކަމަށް |
ހުށަހެޅުން: ޓާސްކްފޯރސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުން
ނިންމުން: ޓާސްކްފޯރސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން މިހާރެކޭ އެއްގޮތަށް ދިނުމަށް ފެންނަކަމަށް
ހުށަހެޅުން ފާސްކުރުމަށް ތާއިދުކުރެއްވީ: މެންބަރު ޢާއިޝަތު ފަރީޝާ
ހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވި ގޮތް:
| ކޮމެޓީގެ ރައީސް މަރްޔަން ސައުފާ | ފެންނަކަމަށް |
| ކޮމެޓީގެ ނައިބްރައީސް މަރްޔަމް ސަނިއްޔާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު ފާތިމަތު ރިހުލާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު އާއިޝަތު ފަރީޝާ | ފެންނަކަމަށް |
| ކޮމެޓީގެ މެންބަރު ނާއިދާ ހަސަންފުޅު | ފެންނަކަމަށް |
- ޖަލްސާ ނިންމުން
ރިޔާސަތުން ވާހަކަދެއްކުން
މިއަދުގެ ބައްދަލުވުން މި ހިސާބުން ނިމުނީ. ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަދުވަހު. والحمدالله رب العالمين – ޖަލްސާ ނިމުނީ“
- ޔައުމިއްޔާ ފާސްކޮށް ސޮއިކުރުން
| # | މެންބަރުގެ ނަމާއި އެޑްރެސް | މަޤާމު | ސޮއި | ތާރީޚް | |
| މަރްޔަމް ޝައުފާ | މުސާފިރު، ބ. ދަރަވަންދޫ | ކޮމިޓީގެ ރައީސް | |||
| މަރްޔަމް ސަނިއްޔާ | ރަންގަލި، ބ. ދަރަވަންދޫ | ކޮމިޓީގެ ނައިބު ރައީސް | |||
| ޢާއިޝަތު ފަރީޝާ | ސާހިލް، ބ. ދަރަވަންދޫ | ކޮމިޓީ މެންބަރު | |||
| ނާއިދާ ޙަސަންފުޅު | ހިޔުމަން، ބ. ދަރަވަންދޫ | ކޮމިޓީ މެންބަރު | |||
| ފާޠިމަތު ރިޙްލާ | ގާދޫ، ބ. ދަރަވަންދޫ | ކޮމިޓީ މެންބަރު | |||

