ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ

* ޖަލްސާ ބޭއްވި ތާރީޚާއި ގަޑި:          17 މޭ 2021، 12:45 ން 13:30

* ޖަލްސާ ބޭއްވި ތަން:                މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

* ޖަލްސާގެ ރިޔާސަތުގައި އިންނެވީ:       ކައުންސިލްގެ ރައީސް ޢަލީ ސަމީޙް

                              އތމ ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ

ޖަލްސާގެ ބައިވެރިން:

 1. ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ސަމީޙް
 2. ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ
 3. ކޮމިޓީގެ ނައިބު ރައީސް މަރްޔަމް ސަނިއްޔާ
 4. ކޮމިޓީ މެންބަރު ޢާއިޝަތު ފަރީޝާ
 5. ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅު
 6. ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާ
 7. އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ނަޡީފް
 1. ދުޢާ

ރިޔާސަތުން ވާހަކަ ދެއްކެވުން

”بسم الله الرحمن الرحيم، الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن والاه – ޖަލްސާ ފެށުނީ.  ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ދަންނަވަން.

ޖަލްސާގެ އެޖެންޑާ ދަންނަވާލަދޭނަން.

 1. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ހޮވުން
 2. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އައު ރައީސް ދަރުބާރާއި މުހާތަބުކުރެއްވުން.

އެޖެންޑާގެ ފުރަތަމަ ނަންބަރު. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ހޮވުން.  އަޅުގަނޑު އެކްޓިންގ އެސްޖީގެ އަރިހުން އެދެން އިންތިޚާބު ކުރިއަށް ގެންގޮސްދެއްވުމަށް.  ޝުކުރިއްޔާ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ހޮވުން

އިންތިޚާބީ ކޮމިޓީ

 1. އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ނަޡީފް
 2. ސ. އެޑްމިން އޮފިސަރ އިބްރާހީމް ހުސާމިން
 3. އ. މުނިސިޕަލް ސަރވިސަސް އޮފިސަރ މުޙައްމަދު ސަލީމް.

ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލެއްވި ފަރާތްތައް

 1. ކޮމިޓީގެ މެންބަރު މަރްޔަމް ޝައުފާ
 2. ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާ

އިންތިޚާބުގެ ނަތީޖާ

 1. ކޮމިޓީގެ މެންބަރު މަރްޔަމް ޝައުފާއަށް ލިބިލެއްވި ވޯޓު 3 (ތިނެއް)
 2. ކޮމިޓީ މެންބަރު ފާޠިމަތު ރިޙްލާއަށް ލިބިލެއްވި ވޯޓު 2 (ދޭއް)

ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ކޮމިޓީގެ މެންބަރު މަރްޔަމް ޝައުފާ އިންތިޚާބުކުރެވުނެވެ. 

އަދި ޖަލްސާގެ ރިޔާސަތާއި ޙަވާލުވެލެއްވީ ކޮމިޓީގެ ރައީސް މަރްޔަމް ޝައުފާ.

ރިޔާސަތުން ވާހަކަ ދެއްކެވުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސް ހޮވުން.  އަޅުގަނޑު އެކްޓިންގ އެސްޖީގެ އަރިހުން އެދެން އިންތިޚާބު ކުރިއަށް ގެންގޮސްދެއްވުމަށް.  ޝުކުރިއްޔާ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސް ހޮވުން

އިންތިޚާބީ ކޮމިޓީ

 1. އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ނަޡީފް
 2. ސ. އެޑްމިން އޮފިސަރ އިބްރާހީމް ހުސާމިން
 3. އ. މުނިސިޕަލް ސަރވިސަސް އޮފިސަރ މުޙައްމަދު ސަލީމް.

ކޮމިޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ފަރާތްތައް

 1. ކޮމިޓީގެ މެންބަރު މަރްޔަމް ސަނިއްޔާ
 2. ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅު

އިންތިޚާބުގެ ނަތީޖާ

 1. ކޮމިޓީގެ މެންބަރު މަރްޔަމް ސަނިއްޔާއަށް ލިބިލެއްވި ވޯޓު 3 (ތިނެއް)
 2. ކޮމިޓީ މެންބަރު ނާއިދާ ޙަސަންފުޅުއަށް ލިބިލެއްވި ވޯޓު 2 (ދޭއް)

ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްކަމަށް ކޮމިޓީގެ މެންބަރު މަރްޔަމް ސަނިއްޔާ އިންތިޚާބުކުރެވުނެވެ. 

 • ޖަލްސާ ނިންމުން

ރިޔާސަތުން ވާހަކަދެއްކުން

މިއަދުގެ ޖަލްސާ މި ހިސާބުން ނިމުނީ.  ދެން ޖަލްސާއެއް އޮންނާނީ އަންނަ ބުދަދުވަހު. والحمدالله رب العالمين – ޖަލްސާ ނިމުނީ“

 • ޔައުމިއްޔާ ފާސްކޮށް ސޮއިކުރުން
#މެންބަރުގެ ނަމާއި އެޑްރެސްމަޤާމުސޮއިތާރީޚް
 މަރްޔަމް ޝައުފާމުސާފިރު، ބ. ދަރަވަންދޫކޮމިޓީގެ ރައީސް  
 މަރްޔަމް ސަނިއްޔާރަންގަލި، ބ. ދަރަވަންދޫކޮމިޓީގެ ނައިބު ރައީސް  
 ޢާއިޝަތު ފަރީޝާސާހިލް، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ނާއިދާ ޙަސަންފުޅުހިޔުމަން، ބ. ދަރަވަންދޫކޮމިޓީ މެންބަރު  
 ފާޠިމަތު ރިޙްލާގާދޫ، ބ. ދަރަވަންދޫކޮމިޓީ މެންބަރު