ރައްޔިތުންގެ ޢާންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ

ދަރަވަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ޢާންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

2024 މޭ 21 ވަނަ ދުވަހުގެ ރޭ 20:45 ގައި ރަސްގެ އޮޑީ މާލަމުގައި ބާއްވާ ބައްދަލުވުމުގައި މުހިންމުކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއި ލަފާ ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މަގޭ ޢީދު 1445 ގުޅޭ ގޮތުން ރައްޔިތުންގެ މަޝްވަރާއި ބައިވެރިވުން ހޯދުން ހިމެނެއެވެ.  އަދި ދަރަވަންދޫގެ ޕްލޭނިންގ ގަވާއިދު ޙިއްޞާކޮށް ފާސްކުރުމަށް އެޖެންޑާކުރެވިފައިވާ އިރު ދަރަވަންދޫގެ ބީޗް ފޮރަންޓް ބިންތައް ބޭނުންކުރުމުގެ އުސޫލުވެސް ޙިއްޞާކުރެވިގެންދާނެއެވެ.

އަދި ތަރައްގީގެ އެކި އެކި މަސްރޫޢުތަކުގެ އަދާހަމަ ރައްޔިތުންނާއި ޙިއްޞާކުރުމަށްވަނީ ހަމަޖެހިފައެވެ.  މީގެ އިތުރުންވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއި ދެއްވުމުގެ ފުރުސަތު މި ބައްދަލުވުމުގައި އޮންނާނެއެވެ.

ވީހާވެސް ގިނަ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ ދެއްވުމަކީ ކައުންސިލްގެ އެދުމެކެވެ.