ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން


މި އަހަރު ރަމަޟާން މަހު ތަރާވިސް ނަމާދު ކުރުމަށް ގެންނަ 02 ޙާފިޡުންގެ ހުރުމާއި ކެއުން، ހަމަޖައްސާދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. މި ބޭފުޅުން މި ރަށުގައި ތިއްބަވާނެ ކަމަށް ލަފާކުރެވެނީ 35 ދުވަހު އެވެ.

ކުއްޔަށް ދެއްވާ ކޮޓަރީގައި ތިރީގައި މިދަންނަވާ ކަންކަން ހަމަޖެހިފައި ހުންނަންވާނެއެވެ.

  • އެޓޭޗް ފާޚާނާހުރުން
  • ކޮޓަރި އެއަރކޯންކޮށްފައި ހުރުން
  • ކޮޓަރިން ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުން
  • ދޮވެ އިސްތިރިކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން
  • އިންޓަރނެޓްގެ ޚިދުމަތް ލިބުން
  • ދެ ބޭފުޅުންގެ ކެއުމުގެ އިންތިޒާމުތައް ހަމަޖައްސަވާ ދެއްވުން

ވީމާ، މި ކަމަށް އެދޭ ފަރާތްތަކުން ކޮޓަރި ކުއްޔަށް ދެއްވާ އަގު ބަޔާންކޮށް 2024 ފެބުރުވަރީ 18 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ސިޓީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.  ކޮޓަރި ނުވަތަ ކެއުމުގެ އަގު ވަކިންވެސް ހުށަހެޅުއްވިދާނެ އެވެ.  ސިޓީއާއެކު ގޭގެ ވެރި ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ފެބުރުވަރީ 2024