ހުކުރު މިސްކިތުގެ އޭސީ ސާރވިސްކޮށް ދިނުމުގެ މަސައްކަތް

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

ހުކުރު މިސްކިތުގެ އޭސީ ސާރވިސްކޮށް ދިނުމުގެ މަސައްކަތް


ބ. ދަރަވަންދޫ ހުކުރު މިސްކިތުގައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކުރަން ޖެހޭ މަސައްކަތް:

–         ހުކުރު މިސްކިތުގެ 10 އޭސީ ސާރވިސްކޮށްދިނުން

–         އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް 2024 ފެބުރުވަރީ 11 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

–         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

–          އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ފެބުރުވަރީ 2024