ބީޗް ކިއޮސްކްއެއް ހަދައިދޭނެ ފަރާތެއް ހޯދުން

މަސައްކަތް

ނަންބަރު: (IUL)318-PRO/318/2024/2

ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024

ޕަބްލިޝްކުރި ގަޑި: 13:49

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

ބީޗް ކިއޮސްކްއެއް ހަދައިދޭނެ ފަރާތެއް ހޯދުން


ދަރަވަންދޫ ރަސްގެ އޮޑި އަތިރިމަތީގައި ބީޗް ކިއޮސްކްއެއް 2 ފާޚާނާ އަދި ޝަވަރ ހިމަނައިގެން ހަދާދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު އިޢުލާން ނަންބަރު: IUL)318-PRO/318/2023/84) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އާއި މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދަރަވަންދޫ ރަސްގެ އޮޑި އަތިރިމަތީގައި ބީޗް ކިއޮސްކްއެއް 2 ފާޚާނާ އަދި ޝަވަރ ހިމަނައިގެން ހަދާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00
ޕްރޮޕޯސަލް ހުށަހެޅުއްވުން2024 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.

ފޯން: 6602514، 6602519

އީމެއިލް: procurement@dharavandhoo.gov.mv

09 ޖަނަވަރީ 2024