ރަމަޟާން މަހަށް މަރުޙަބާ

1445 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ދަރުހެއް 2024 މާރިޗު 1 ވަނަ ދުވަހު ބާއްވައިފިއެވެ. މި ދަރުސް އޮތީ ދަރަވަންދޫ ފުޓްސަލް ދަނޑުގައެވެ. ދަރުސް ކުރިއަށް ގެންގޮސްދެއްވީ އައްޝައިޚް މުޙައްމަދު މަންސޫރެވެ.

ދަރުހަށް ފަހު ޚާއްޞަ ލަކީޑްރޯއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ލަކީޑްރޯގެ އެންމެ ޚާއްޞަ އިނާމެއްގޮތުން ދަ ޓްރެވެލަރގެ ފަރާތުން ހުށަހަޅާފައިވާ ޢުމުރާ ދަތުުރު ގެ ނަސީބުވެރިއަކަށް ހޮވުނީ ބ. ދަރަވަންދޫ، ވިލަރެސް، ޢަދުނާން ޔޫސުފެވެ.