ފެބުރުވަރީ މަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން ބޭއްވުން

ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހު ބާއްވަންޖެހޭ ރައްޔިތުންގެ ޢާންމު ބައްދަލުވުން 2024 ފެބުރުވަރީ 14 ވަނަ ދުވަހުގެ ރޭ ރަސްގެ އޮޑި މާލަމުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ޙިއްސާކުރުމާއި މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި ރޭވިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ދެވިފައިވެއެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށް ގެންދެވިފައިވެއެވެ.