މި ކައުންސިލްގެ މުވައްޒަފު މުޙައްމަދު ފަތުހީ 2024 ޖަނަވަރީ 7 ގައި ވަޒީފާއިން އިސްތިޢުފާ ދެއްވައިފިއެވެ. އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ ވަޒީފާގައި، މުޙައްމަދު ފަތުހީ، މި ކައުންސިލަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރަމެވެ. ވޭތުވެދިޔަ 16 އަހަރުތެރޭގައި މުޙައްމަދު ފަތުހީގެ ފަރާތުން ލިބުނު ޚިދުމަތްތައް ކައުންސިލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. ކައުންސިލުން އެދެނީ މުޙައްމަދު ފަތުހީއަށް އިތުރުކުރިއެރުމާއި ފަހި މުސްތަގުބަލަކަށެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!!
ފެށުން » ޚަބަރުތައް » 16 އަހަރަށް ފަހު މުޙައްމަދު ފަތުހީ އިސްތިޢުފާދިނުން