ބ. ދަރަވަންދޫ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް ދިނުމުގެ މަސައްކަތް

 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާނުކުރަމެވެ.

ކުރަން ޖެހޭ މަސައްކަތް:

–         މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި 6 އޭސީ ސާރވިސްކޮށްދިނުން (އޭސީތައް ސާވިސް ކުރަންވާނީ އޭސީގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ނެއްޓުމަށްފަހު ރަނގަޅަށް ސާފުކޮށްގެންނެވެ.)

–         އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން

–         އޭސީތަކުގެ ސްޕެއަރ ޕާރޓްއަކަށް މައްސަލައެއް ދިމާވެފައިވާނަމަ ސްޕެއަރ ޕާރޓް ފޯރުކޮށްދިނުމުން ރަނގަޅުކޮށްދިނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2026 ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

–         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

–          އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2026