ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދު ދުއްވުމުގެ ޢަމަލީ ޓެސްޓްކޮށްދޭނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

2

ޝަރުޠު:

 

1.     ނިޔަމިކަމުގެ ސަނަދު އޮތުން.

2.     ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން މަދުވެގެން A,A1,B,C,D އޮތް ފަރާތެއްކަމުގައި ވުން.

3.     ކަނޑު އުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.

4.     ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

5.     ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

6.     ޢުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.

7.     މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން.

އުޖޫރަ:

އިމްތިހާންކުރާ ކޮންމެ ފަހަރަކަށް -/25 ރުފިޔާ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ފޯމް ހުށަހެޅުއްވުން އެދެމެވެ.  އެގްޒަމިނަރުކަމަށްވުމަށް އެދޭ ފޯމް ކައުންސިލުގެ ވެބްސައިޓުންނާއި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.