ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނުގެ ނަންބަރު: 7/2010) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ ”ކައުންސިލްތަކުން ވިޔަފާރިކުރުން“ ގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަމަތަކުގެ މަތިން އުފެއްދުމަށް ހަމަޖެހިފައިވާ “ ދަރަވަންދޫ ލޯކަލް އޮތޯރިޓީ ކުންފުނި“ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
# | މަޤާމު | އަދަދު |
1 | އެގްޒެކެޓިވް ޑިރެކްޓަރ (މެނޭޖިންގ ޑިރެކްޓަރ އަދި ޗީޕް އެގްޒެކެޓިވް އޮފިސަރ) | 1 |
2 | މިނިވަން ޑިރެކްޓަރ | 1 |
އެގްޒެކެޓިވް ޑިރެކްޓަރުގެ މުސާރަ: މަހަކު 20000 ރުފިޔާ
މިނިވަން ޑިރެކްޓަރުގެ އެލަވަންސް: މަހަކު 5000 ރުފިޔާ
ދަރަވަންދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނަކީ ”ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު“ ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ”ފިޓް އެންޑް ޕްރޮޕަރ“ ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވެ، އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ”ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު“(2022/221/01އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.
ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު ”ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާއި ބެހޭ ގަވާއިދު“ ނަންބަރު: 2021/49-R) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.
ދަރަވަންދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޝަރުތުތައް
އެގްޒެކްޓިވް ޑިރެކްޓަރު | މިނިވަން ޑިރެކްޓަރ | ||
(ހ) | ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކުކަމުގައިވުން | (ހ) | ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކުކަމުގައިވުން |
(ށ) | ބުއްދި ސަލާމަތުން ހުރުން | (ށ) | ބުއްދި ސަލާމަތުން ހުރުން |
(ނ) | ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ އެއްވެސް ސާބިތު ދަރަންޏެއް އޮތްނަމަ އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން | (ނ) | ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ އެއްވެސް ސާބިތު ދަރަންޏެއް އޮތްނަމަ އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން |
(ރ) | ޖިނާޢީ ކުށެއް ކުރިން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން | (ރ) | ޖިނާޢީ ކުށެއް ކުރިން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން |
(ބ) | މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތް ނަމަވެސް ވައްކަމާއި ޓެކުން އަދި ހިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން | (ބ) | މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތް ނަމަވެސް ވައްކަމާއި ޓެކުން އަދި ހިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން |
(ޅ) | ދަށްވެގެން މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއެކު 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން | (ޅ) | ދަށްވެގެން މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއެކު 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
(ކ) | އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވާ ފަރާތަކަށް ނުވުން | (ކ) | އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވާ ފަރާތަކަށް ނުވުން |
(އ) | ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން | (އ) | ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން |
(ވ) | ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމުރީނު ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން | (ވ) | ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމުރީނު ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން |
(މ) | ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހައި މަސްޢޫލިއްޔަތު އަދާކުރުމުން އަންނަ ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން | (މ) | ވޭތުވެ ދިޔަ 2 (ދޭއް) އަހަރުތެރޭގައި މި ކައުންސިލްގެ ދާއިމީ ވަޒިފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން |
(އ) | ވޭތުވެ ދިޔަ 2 (ދޭއް) އަހަރުތެރޭގައި މި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން | ||
މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ”ދަރަވަންދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް“ އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށް ފަހު 2026 އޮގަސްޓް 30 އާދީއްތަދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ info@dharavandhoo.gov.mv ށް އީމެއިލްއިން ހުށަހެޅުއްވުން އެދެމެވެ. މި ފަރާތްތަކާއި ކުރެވޭ އިންޓަރވިއު އޮންނާނީ 2026 ސެޕްޓެންބަރު 10 ން 20 އާއި ދެމެދުއެވެ.
ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް މި ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަރވިއުކުރެވުނު ފަރާތްތަކުގެ ނަންތައް މި ކައުންސިލުގެ ބައްދަލުވުމަށް ހުށަހަޅައި ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާ ގޮތެއްގެ މަތިން ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.
ދަރަވަންދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި ފޯމާއެކު ހުށަހަޅަށްވީ މަޢުލޫމާތުތައް މި އިދާރާގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ. އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
