ދަނޑުވެރިކަމަށް ދޫކުރާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

މި ކައުންސިލުގެ ތަރައްޤީޕްލޭންގައި ހިމަނާފައިވާ ދަނޑުވެރިކަމުގެ ނަފާ އިތުރުކޮށް އަސާސީ ފުދުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި 02 އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރުމުގެ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީކުރަންވާނެ އެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު  https://forms.office.com/r/ZxYLcdm9Rj މި ލިންކުން ފުރިހަމަ ކުރައްވާ ސަބްމިޓް ކުރެއްވުމުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަވާނެ އެވެ.  މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއި އެކު ޝާއިއުކުރެވިފައިވާތީ މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެ އެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

– ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2026 ޖުލައި 20 ވާ  ހޯމަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

– ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

– ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

– ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 ޖުލައި 16 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީ މެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެ އެވެ.

އީމެއިލް އެޑްރެސް: info@dharavandhoo.gov.mv

ފޯން: 6602514

– Iulaan