މި އަހަރު ރަމަޟާން މަހު ތަރާވިސް ނަމާދު ކުރުމަށް ގެންނަ 02 ޙާފިޡުންގެ ހުރުމާއި ކެއުން، މަހު ކުއްޔަށް ހަމަޖައްސާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ބޭފުޅުން މި ރަށުގައި ތިއްބަވާނެ ކަމަށް ލަފާކުރެވެނީ 35 ދުވަހު އެވެ.
ކުއްޔަށް ދެއްވާ ކޮޓަރީގައި ތިރީގައި މިދަންނަވާ ކަންކަން ހަމަޖެހިފައި ހުންނަންވާނެއެވެ.
- އެޓޭޗް ފާޚާނާހުރުން
- ކޮޓަރީގައި ދެ ބޭފުޅުންނަށް ވަކިން ނިދޭނެ ގޮތައް ހުރުން
- ކޮޓަރި އެއަރކޯންކޮށްފައި ހުރުން
- ކޮޓަރިން ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުން
- ދޮވެ އިސްތިރިކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން
- ދެ ބޭފުޅުންގެ ކެއުމުގެ އިންތިޒާމުތައް ހަމަޖައްސަވާ ދެއްވުން
ވީމާ، މި ކަމަށް އެދޭ ފަރާތްތަކުން ކޮޓަރި ކުއްޔަށް ދެއްވާ އަގު ބަޔާންކޮށް 2026 ފެބުރުވަރީ 09 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ސިޓީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ސިޓީއާއެކު ގޭގެ ވެރި ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.
– Iulaan


