ދަރަވަންދޫ މަސްމާރުކޭޓް ހުޅުވުން

ރަށުގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރަމުން ދިޔަ، އެހެނަސް ނުކުރެވިފައިވާ މަސައްކަތެއްގެ ގޮތުން، ދަރަވަންދޫގައި މަސް މާރުކޭޓެއް ޤާއިމު ކުރުމަކީ، އބަދުވެސް ދެކެން ބޭނުންވެފައިވާ ދުވަހެކެވެ. ދަރަވަންދޫގައި މަސްމާރުކޭޓެއް އަލަށް ޤާއިމުކޮށް، މާރުކޭޓް ހުޅުވުމުގެ ގޮތުން ހަރަކާތްތަކެއް ރޭވުނެވެ. މިގޮތުން، މާރުކޭޓް ހުޅުވުނީ މަސްރޭހަކާއި އެކުގައެވެ. މަސްރޭހުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވިކަން އުފަލާއެކުގައި ފާހަގަ ކުރަމެވެ. މަސްރޭހުގައި ބޭނިމަސް ކިރުމަށްފަހު ވަނަ ވަނަ ހޮވާފައިވެއެވެ. މި ފުރުޞަތުގައި ވަނަތަށް ޙާޞިލުކުރި ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މަސް ރޭހުގައި ބޭނި މަސް ވިއްކުމަށް މަސްމާރުކޭޓްގައި ބެހެއްޓިފައިވެއެވެ.

މި ހަރަކާތް ރާވާހިންގިފައިވަނީ 2022 ވަނަ އަހަރުގެ 1 ޖަނަވަރީ ގައެވެ. މި ދުވަހުން ފެށިގެން މަސްމާރުކޭޓް ބޭނުން ކުރުމަށް އާއްމުކޮށް ހުޅުވާލެވިފައިވެއެވެ.