Your browser version is outdated. We recommend that you update your browser to the latest version.

ކައުންސިލްގެ މެމްބަރުންނާއި މެމްބަރުންގެ މަސްޢޫލިއްތުތައް

ޖެނެރަލް އެޑްމިނިސްޓްރޭޝަން:
ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މާޖިދު

ކައުންސިލަށް ބޭނުންވާ ތަރައްޤީ ގެނައުމާއި، ކައުންސިލްގެ އިދާރާ ހިންގުން.

ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް، ރިޔާސަތު ބެލެހެއްޓުން.
ކައުންސިލް އިދާރާގެ މުވައްޒަފުން ޒިންމާދާރު ކުރުވުން.
ކައުންސިލްގެ އިދާރާ ހިންގުމާއި، އިދާރި ހިންގުން ހަރުދަނާކުރުމާއި ގުޅޭގޮތުން، އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އެންމެހާ އިސްލާޙުތަކެއް ގެނައުން.
ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާއި، ޢާއްމުކުރުން.
ރައްޔިތުންގެ ބައްދަލުވުންތައް ކައުންސިލްގެ މަޝްވަރާގެމަތިން ރާވާ ކުރިއަށްގެންދިއުން.
ކައުންސިލް ދައުރުގެ 3 އަހަރުގެ ތާވަލް އެކުލަވާ މަސައްކަތުގެ ޕްލޭން ފުރިހަމަކޮށް މަސައްކަތް ހިނގާ ނުހިގާގޮތް ބަލަމުން ގެންދިއުން.
ކައުންސިލްގެ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުވާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުނުކަން ޔަޤީންކުރުން.
ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ ގޮތަށް، ޒިންމާދާރުގެ ވެރިޔާއާއި ގުޅިގެން މަސައްކަތުގެ މަސްޢޫލިއްޔަތައް ހަމަޖެއްސުން.
 
 

 


ބަޖެޓް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގް:
ނައިބު ރައީސް އަލްފާޟިލް ޢަލީ ޝަފީޤު
ކައުންސިލްގެ ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ހިނގާ އަހަރުގެ ޖުލައި 31 ގެ ކުރިން ނިންމާ ފާސްކޮށް ފޮނުވުން.
ކައުންސިލްގެ 3 އަހަރުގެ ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުން.
މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ފައިސާގެ ޚަރަދު ތަކާއި ހިސާބުތައް ބެލެހެއްޓުން.
އާބާދީ، ސިއްޙަތު، ތަޢުލީމީ، އަދި ވިޔަފާރި އާއި އިޤްތުޞާދު ގެ ދާއިރާތަކާއި ގުޅޭ ތަފާސް ހިސާބުތައް ހޯދުމާއި ދަފްތަރު  ބެލެހެއްޓުމާއި އާންމުކުރުން.
ކައުންސިލްގެ އާމްދަނީގެ ހިސާބުތައް މަހުން މަހަށް ބަލެހެއްޓުން.
ބިޑް އަދި އެސްޓިމޭޓްތައް ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ނިންމާގޮތަށް، އެފަރާތްތަކާއި ހަވާލުކުރުން.
އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ވިލަރެސްކުރުމާއި، އެހީތެރިވެ ދިނުމާއި، އަދި ކައުންސިލްގެ މަޝްވަރާއާއި އެކު ކޮމެޓީއަށް ބޭނުންވާ ލަފާދިނުން.
ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ބެލެހެއްޓުމާއި، މުދަލުޒަކާތާއި އަދި ފިޠުރު ޒަކާތުގެ ކަންކަން ބެލެހެއްޓުން.
ތަރައްޤީގެ ޕްލޭ އެކުލަވާލުމާއި އަދި ކޮންމެ އަހަރެއްގައި ޕްލޭން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
ރަށުގެ ލޭންޑް ޔޫސް ޕްލޭންތައްޔާރު ކުރުމާއި އާންމު ކުރުމާއި އަދި ލޭންޑް ޔޫސް ޕްލޭންއަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނައުން.
ސިއްޙީ، ތަޢުލީމީ، އިޤްތުޞާދީ، އަދި އިޖުތިމާޢީ ދާއިރާތަކުން ތަފާތު ތަރައްޤީގެ ޕްރޮޖެކްޓްތައް ލިޔެ ތައްޔާރުކޮށް ކައުންސިލްއަށް ފޮނުވުން.
ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ގޮތުންނާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ކުރުމަށް އިންވެސްޓަރުން ހޯދުމާއި އަދި ރަށުގެ ޝަޢުޤުވެރިކަން އިތުރުކުރުމަށް ކުރަން ބޭނުންވާ ކަންތައްތައް ކުރުން.
 

 

 


އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސާރވިސަސް:
މެންބަރު އަލްފާޟިލް ޙުސެއިން ނާޠިމް
ރަށުގައި ވިޔަފާރި ކުރުމަށް ހުރި ފުރުޞަތުތައް ހޯދާ ވިޔަފާރިވެރިން ރަށުގައި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ހޯދާ އެކިފަރާތްތަކުގެ އެހީގައި މަސައްކަތް ކުރުން.
ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާއާއި ލޯނުގެ އެހީތެރިކަން ހޯދާދެވޭގެ ގޮތްތައް ޤާއިމުކުރުމަށް މަސައްކަތްކުރުން.
ރަށުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން.
ސިއްޙީ، ތަޢުލީމީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ދާއިރާތަކުން، އަންހެނުން ބާރުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގާ އެފަދަ ކަންތައްތަކާއި ގުޅޭ މައުލޫމާތުތައް އާންމުކުރުން.
ޢާންމު އިޖުތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އިތުރުކުރަންޖެހޭ މަސައްކަތްތައް ކުރުން.
ކުޅިވަރުޕާކުތަކާއި ކުޅިވަރު ކުޅޭބިންތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި، ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
އާންމުކޮށް ފާހަގަކުރާ މުނާސަބާތަކާއި އަދި ކައުންސިލުން ފާހަގަކުރުމަށް ފާސްކުރާ މުނާސަބާތައް ފާހަގަކުރުން.
ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމަށް ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
ކުލަބް ޖަމުއިއްޔާ ޖަމާޢަތްތަކަށް އެހީތެރިވެދިނުމާއި، އެފަރާތްތަކުގެ ބައިވެރިވުން، ކައުންސިލުން ހިންގާހަރަކާތްތަކުގައި އިތުރުކުރުވުމާއި، އަދި ކުލަބް ޖަމުއިއްޔާ ޖަމާޢަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކޮށްދިނުން.
އިޖުތިމާޢީ ސަރައްދުތަކުގެ ސާފުތާޙިރުކަމާއި، ރައްކާތެރިކަން ބެލެހެއްޓުން.
ރަށުގެ ޤަބުރުސްތާނާއި، ހިނަވާގެއާއި، މިސްކިތްތައް ބަލަހައްޓާ އެ ތަންތަނުގެ އާބާތުރަ ފިލުވުން.
ދިވެހިރާއްޖޭގެ ޤާނުނާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެމަތިން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން.
ގޯތި ދޫކުރުމާއި، ކަނޑާއި އެއްގަމު އުޅަނދުގެ ރަޖިސްޓްރީކޮށް ދިނުމާއި، ހުއްދަތަށް ދޫކުރުން.
މީހުން ދިރުއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމާއި ބެހޭ ޤާނޫނާއި އެއްގޮތަށް ރުއްގަހުގެ މައްސަލަތައް ބެލެހެއްޓުން.
ރަށުގައި އެކަށީގެންވާގޮތަށް ކުނި މެނޭޖުކޮށް ބެލެހެއްޓުން.
ރަށުގެ ރަށްޔިތުންނަށާއި، ބަނދަރަށް ސާފުބޯފެން ފޯރުކޮށްދިނުން.
ޢާއްމު ޤަވައިދު ތަކުގައިވާ ފީ ނުވަތަ ކުލި ނެގުމާއި ތަންފީޒުކުރުން.
ރަށުގެ ބަނދަރު ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއެކު އެކަން ތަންފީޒުކުރުން.
މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ނަގާ ފަރާތްތަކުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.